ރައީސް ސޯލިހް މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނުރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރައީސް އޮފީހުން ބުނީ ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސޯލިހް ލަންކާއަށް ފުރާވަޑައިގަންނަވާނީ މާދަމާގެ ވަގުތެއްގައި ކަމަށެވެ.

މި ދަތުރުފުޅާއި ގުޅޭގޮތުން ރައީސް އޮފީހުން ވިދާޅުވީ، ރައީސް ލަންކާއަށް ކުރައްވާ މި ދަތުރުފުޅަކީ އަމިއްލަފުޅު ދަތުރެއް ކަމަށެވެ. އަދި ލަންކާއަށް ވަޑައިގެން އެޤައުމުގައި އެމަނިކުފާނު ހަތަރު ދުވަސް ވަންދެން ހުންނަވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!