ކޭބަލްތަކެއް ވަގަށް ނަގައިގެން ފިލަން އުޅުނު މީހަކު އަތުލައިގެންފި

މ. މުލީ ފެނަކަ ބްރާންޗުގެ ނަރުދަމާ ސައިޓުން ކޭބަލްތަކެއް ވަގަށް ނަގައި ޑިންގީއަކަށް އަރުވައިގެން ފިލަން އުޅުނު މީހަކު އަތުލައިގެންފިއެވެ.

ފުލުހުންބުނީ، މ. މުލީ ފެނަކަ ބްރާންޗުގެ ނަރުދަމާ ސައިޓުން 58 ފޫޓުގެ ކޭބަލް ރޯލެއް ވަގަށް ނަގައިގެން ފުރަން އުޅުނު ބަޔަކު މުލީ ފުލުހުން ހުއްޓުވައިފައި ވާ ތަކެއްޗާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އަދި މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ 37 އަހަރާއި 40 އަހަރުގެ ދެފިރެހެނުން ކަމަށެވެ.

ފުލުހުން އަންނަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!