ސީޕްލޭން ޓާމިނަލް ހިންގުމުގެ ގާބިލުކަން އެމްއޭސީއެލްގައި އެބަހުރި: ފައްޔާޒް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ހަދަމުންދާ އާ ސީޕްލޭން ޓާމިނަލް ހިންގުމުގެ ގާބިލްކަން ވީއައިއޭ ހިންގަމުން ގެންދާ ކުންފުނި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގައި އެބަހުރި ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލު ވިދާޅުވެއްޖެ އެވެ.

އިކޮނޮމިކް މިނިސްޓަރ ފައްޔާޟް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކޮށް ހިންގުން، އިންޑިއާގެ ޖީ.އެމް.އާރ ކުންފުނީގެ އަތުން ނެގުނީ، އެކަން ކުރުމުގެ ޤާބިލުކަން އެމް.އޭ.ސީ.އެލްގައި ހުރުމުންކަމަށެވެ. އަދި ސީޕްލޭން ޓަރމިނަލް ހިންގުމުގެ ފުރިހަމަ ޤާބިލުކަން އެމް.އޭ.ސީ.އެލްގައި އެބަހުރިކަމަށާއި، އެކަން އެގޮތަށް ކުރާނެކަމާމެދު ޝައްކެއްނެތްކަމަށެވެ.

މިނިސްޓަރު ފައްޔާޒު މިފަދަ ޔަގީން ކަމެއް އެމްއޭސީއެލްއާއި ދޭތެރޭގައި އޮތްކަން ހާމަކުރައްވާފައި މިވަނީ އެމްއޭސީއެލް އިން ހަދަމުންދާ އާ ސީޕްލޭން ޓާމިނަލް ކުއްޔަށް ދޫކުރުމަށް އެމްއޭސީއެލް އިން މިހާރު ނިންމާފައިވާ ނިންމުމާ އެއްގޮތަށް އަމަލުކުރުން ހުއްޓުވައިދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މައްސަލައެއް ހުށަހަޅާފައިވާ ވަގުތެއްގަ އެވެ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!