ދެ ބިދޭސީން ފުރުވާލީ މިދިޔަ އަހަރު ނޮވެމްބަރު މަހު: ކޮންޓްރޯލާ

ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން އަމުރު ކޮށްފައިވާ 2 ބިދޭސީއަކު ފުރުވާލި މައްސަލައަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހިނގާފައިވާ ކަމެއް ކަމަށާއި އެފަދަ ކަންކަން ހައްލު ކުރުމަށް އެއްބާރުލުން ދެއްވާނެ ކަމަށް އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) ވިދާޅުވެއްޖެއެވެ.

ދެ ބިދޭސީއަކު ފުރުވާލި މައްސަލާގައި ކަންހިނގާފައިވާ ގޮތުގެ ތަފްސީލް ހާމަކޮށް ހަނަފީ ޓްވީޓް ކުރައްވާފައި މިވަނީ ކްރިމިނަލް ކޯޓުގައި އޮތް، މަސްތުވާތަކެތި އެތެރެ ކުރުމުގެ ދެ މައްސަލައެއްގައި ހިމެނޭ ބަންގްލަދޭޝްގެ ދެމީހެއްގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ ދެމީހުން ފުރުވާލި މައްސަލަ ތަހުގީގް ކޮށްދެއްވުން އެދި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ޕީޖީން ހުށަހަޅާފައިވާ ވަގުތެއްގަ އެވެ.

“މިއީ ނޮވެމްބަރު 2018 ގައި ހިނގާފައިވާ ކަމެއް. މިފަދަ މައްސަލަތައް ހައްލު ކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ފުރިހަމަ އެއްބާރުލުން އިމިގްރޭޝަނުން ދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެންމެހާ ދިވެހި ރައްޔިތުންނަށް އަރުވަން،” ހަނަފީގެ ޓްވީޓުގައި ވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!