ހޮނޑައިދޫއިން ސާވިސް ޗާޖް މައްސަލައިގައި ވަކިކުރި މުވައްޒަފަށް ވަޒީފާއެއް ހުށަހަޅައިފި

ހދ. ހޮނޑައިދޫ ރިސޯޓުގައި ސާވިސް ޗާޖަށް 11 ޑޮލަރު ދިން ކަމަށް ފަޅާއަރުވާލި ކަމަށް ތުހުމަތުކޮށް އެ ރިސޯޓުގެ ވަޒީފާއިން ވަކިކުރި މުވައްޒަފަށް ރާއްޖޭގެ އަމިއްލަ ކުންފުންޏަކުން ވަޒީފާއެއް ހުށަހަޅައިފި އެވެ.

ސޭލްސްކޯ ނަމަކަށް ކިޔާ ކުންފުންޏެއްގެ އިސް ބޭފުޅަކު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޝިމްހާޒަށް ވަޒީފާ ދިނުމަކީ އެކުންފުންޏަށް ލިބޭނެ ވަރަށް ބޮޑު އުފަލެއް ކަމަށާއި އެކުންފުނީގައި މަސައްކަތްކުރަން ޝަކުގުވެރިވާނަމަ ސީވީ ފޮނުވަން އެދޭ ކަމަށެވެ. އަދި ޝިމްހާޒަށް ވަޒީފާ ދިނުމަކީ އެކުންފުންޏަށް ލިބޭނެ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ޝިމްހާޒް ބުނިގޮތުގައި އޭނާ ވަޒީފާ އިން ވަކިކުރުމަށްފަހު ރިސޯޓުން ފުރުވާލީ، ހދ. އަތޮޅު ހަނިމާދޫ އިން ގެސްޓް ހައުސް އެއް ހަމަޖައްސައިދޭނެ ކަމަށް ބުނެ ކަމަށެވެ. ނަމަވެސް ހަނިމާދޫއަށް އޭނާ ގެންދިޔަ ރިސޯޓުގެ ލޯންޗް، އެ ރަށަށް އޭނާ ދޫކޮށްލާފައި ދިޔައީ ކަމަށާއި، އޭގެފަހުން އެއްވެސް އެހީތެރިކަމެއް ރިސޯޓުން ވެފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

  1. ރާއްޖޭގެ ބަޒީފާއާއި ބެހޭގާނޫނަށް ގޮންޖަހާފަ ކަންކުރުމުގެ ފުރުޞަތު ދީގެންނުވާނެ އެއްވެސް މީހަހަކަށް ލިބިއެއްނުވާނެ ބޮޑުރިސޯޓް އެއްގެ ސާވިސްޗާޖަށް 11 ޑޮލަރ މިވަރުވީމަބޮޑުދޯ

    0
    0

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!