ފަރެސްމާތޮޑާގެ ދެ އަވަށުގެ މެދުގައި ބޮޑު މާރާމާރީއެއް

ގއ. ފަރެސް މާތޮޑާގެ ދެ އަވަށުގެ ދެމެދުގައި ބޮޑު މާރާމާރީއެއް ހިނގައި ދެ މީހަކު ޒަހަމް ވެއްޖެއެވެ.


އެރަށު މީހަކު ބުނެފައިވަނީ ރޭ ހިނގި މި މާރާ މާރީގައި ދެ މީހެއް ފުލުހުން ހައްޔަރު ކުރިކަމަށެވެ.

“ދެ އަވަށުގެ ދެ ގްރޫޕް މެދުގައި ޖެހުނު މައްސަލައެއްކަމަށް ވަނީ. ދެ މީހުން ހައްޔަރު ކުރި،” އެ ރަށުން ސީއެންއެމްއާއި ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އެރަށު ކައުންސިލްގެ ރައީސް ނަސްރުﷲ މުހައްމަދު ވިދާޅުވީ އެ މާރާމާރީގައި ދެ މީހަކަށް ހޮސްޕިޓަލުން ފަރުވާ ދީފައިވާކަމުގެ މައުލޫމާތު ލިބޭ ކަމަށެވެ.

ފުލުހުން ބުނީ 2019 ޑިސެންބަރު 25 އަދި 27 ވަނަ ދުވަހުގެ ގދ. ފަރެސްމާތޮޑާގައި ގުރޫޕް މާރާ މާރީތަކެއް ހިންގާފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.

މި މާރާމާރީތައް ހިންގާފައިވަނީ އެރަށު މާތޮޑާ އަވަށާއި ފަރެސް އަވަށަށް ނިސްބަތްވާ ޒުވާނުންތަކެއްގެ މެދުގައިކަމަށް ވެސް ފުލުހުން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!