ފަރެސްމާތޮޑާއިން 3 މީހަކު ހައްޔަރުކޮށްފި

ފަރެސް މާތޮޑާއިން ހައްޔަރު ކުރި މީހުންގެ ބަންދަށް 7 ދުވަސް ތިނަދޫ ކޯޓުން ދީފައިވާކަމަށް ފުލުހުން ބުނެފިއެވެ.


ރޭގެ ވަގުތެއްގައި ފަރެސް އަވަށާއި މާތޮޑާ އަވަށުގެ ޒުވާނުންގެ މެދުގައި ވަނީ މާރާމާރީތަކެއް ހިނގާފައެވެ.

އެއީ ސިސްސިލާކޮށް އެރަށުގައި ހިނގާ މާރާމާރީތަކެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން މިއަދު ބުނީ މާރާމާތީތަކުގައި ތިން މީހަކަށް އެކިވަރަށް އަނިޔާވެފައިވާ ކަމަށާއި ތިން މީހުންނަށް ވެސް އެރަށު ސިއްހީ މަރުކަޒުގައި ފަރުވާދީފައިވާ ކަމަށެވެ. އެކަމަކު އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ނުދެ އެވެ.

އެ މައްސަލައާ ގުޅިގެން 18 އަހަރާއި 20 އަހަރާ ދެމެދުގެ ތިން މީހަކު ހައްޔަރުކޮށް، ތިނަދޫ މެޖިސްޓްރޭޓް ކޯޓުން އެމީހުންގެ ބަންދަށް ދުވަސް ޖަހާފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!