އިންޑިއާއިން ރާއްޖެ އައި މީހެއްގެ އަތުން 17 ގްރާމް މަސްތުވާތަކެތި އަތުލައިފި

އިންޑިއާއިން ރާއްޖެ އައި މީހެއްގެ އަތުން މަސްތުވާ ތަކެތި އަތުލައިފިއެވެ.


ކަސްޓަމުން ބުނީ އިންޑިއާގެ އުމްބާއީން މިދިޔަ ބުރާސްފަތު ދުވަހު ރާއްޖެއައި އުމުރުން 30 އަހަރުގެ މީހާގެ އަތުން 17 ގްރާމް މަސްތުވާތަކެތި ފެނިފައިވާކަމަށެވެ. އެމީހާއަތުން ފެނިފައިވަނީ ކެނަބިސް ކަމަށް ވެސް ކަސްޓަމުން ބުނެއެވެ.

އެތަކެތީގެ މަގުމަތީ އަގު 13600 ރުފިޔާއަށް އަރާނެކަމަށް ކަސްޓަމުން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!