ކިނޮޅަހު މޫދުގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެ

ރ. ކިނޮޅަހު މޫދުގައި އުމުރުން ދުވަސްވީ މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ މިއަދު މެންދުރު 12:00 ހާއިރު ކިނޮޅަހުގެ އުތުރުފަރާތު ގޮނޑު ދޮށުގައި އުމުރުން 84 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައި އޮއްވާ ފެނިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް އެ ރަށުން މިހާރު ދަތުރުކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!