ތިލަފުށީގައި އޮތް ލޯންޗެއްގައި ރޯވެ މީހަކު ފިހިއްޖެ

ކ. ތިލަފުށި ފަޅުތެރޭ އޮތް ލޯންޗެއްގައި ރޯވެ މީހަކު ފިހިއްޖެއެވެ.

ފުލުހުން ބުނީ ތިލަފުށީ ފަޅުތެރޭގައި އޮތް ލޯންޗެއްގައި ރޯވި މައްސަލައެއް މިއަދު 11:45 ހާއިރު ހުށަހެޅިފައިވާ ކަމަށެވެ. އެ ހާދިސާގައި ބިދޭސީއަކަށް އަނިޔާވެފައިވާކަމަށާއި އޭނާ އަށް ފަރުވާ ދިނުމަށް މާލެ ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ސިފައިންނާ ފުލުހުންގެ މަސައްކަތުން އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ސިފައިން ބުނީ މި ހާދިސާގައި ލޯންޗުގެ މަތި އެއްކޮށް އަނދާފައި ވާއިރު، އެ ފަޅުގައި އޮތް އިތުރު އުޅަނދަކަށް އަލިފަނުގެ އަސަރުކޮށްފައިވާކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!