އާއަހަރުގެ ޝޯ މާލޭގައި ބާއްވާތީ ޑރ. އިޔާޒް ހިތާމަ ކުރައްވައިފި

އާއަހަރުގެ ޝޯ މާލޭގައި ބާއްވާތީ ދީނީ އިލްމުވެރިއާ ޑރ. މުހައްމަދު އިޔާޒް ހިތާމަ ކުރައްވައިފިއެވެ.


އަންނަ 2020 ވަނަ އަހަރު ފާހަގަ ކުރުމަށް މާލޭ ކާނިވާ ސްޓޭޖުގައި އޮތް ޝޯ ‘ދީނީ އިލްމު ވެރިންގެ އެދުމުގެ މަތިން ކެންސަލް ކޮށްފައި ވާކަމަށް’ ޝޯޝަލް މީޑިއާގައި އަޑު ފެތުރުފައިވަނިކޮށް އެ ޝޯ އޮންނާނެކަންް ޓޫރިޒަމް މިނިސްޓްރީން އިއްޔެ ވަނީ ހާމަކޮށްފައެވެ.

އެކަމައި ގުޅިގެން ޑރ އިޔާޒް ވިދާޅުވީ ކުރީގެ ސަރުކާރުން މި ޝޯ ބާއްވާތީ ނާޗަރަންގީ ގެ އަމަލުތައް ހިންގާތީ އެކަމަށް އެންމެ ބޮޑަށް ފާޑުކީ ބަޔަކު މިއަދުގެ ސަރުކާރުގެ ހުންގާނުގައި ތިއްބެވި ބޭފުޅުން ކަމަށެވެ.

“ނަމަމަވެސް އަރާމާއި ބާރު ލިބުނީމާ ދެއްކެވި ވާހަކައިގެ ހަނދާނަކު ނެތް. ހިތާމައިގެ ކޮޅެއް ނެތް،” އިޔާޒް ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނެފައިވަނީ 2019 ވަނަ އަހަރުގެ ޑިސެންބަރު 31 ވަނަ ދުވަހުގެ ރޭ 20:30 ގައި ޝޯ ފަށާނެކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!