މަރުވެފައި އޮއްވައި މެލޭޝިއާ އިން ފެނުނު ދިވެހި މީހާގެ ހަށިގަނޑު ރާއްޖެ ގެނެސްފި

މެލޭޝިއާގައި މަރުވެފައި އޮއްވައި ފެނުނު ދިވެހި ފިރިހެން މީހާގެ ހަށިގަނޑު ރާއްޖެ ގެނެސްފި އެވެ.

ގ. މިއަލަނިއާގޭ މުހައްމަދު ޝިނާން ޔޫސުފް 44، ގެ މަރާ ގުޅޭ އެއްވެސް ތަފްސީލެއް ކަމާ ގުޅޭ ފަރާތްތަކުން އަދި ހާމައެއް ނުކުރެ އެވެ.

ޝިނާންގެ މައްޗަށް ކުރާ ކަށުނަމާދު އޮންނާނީ މިރޭގެ އިޝާ ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ.

މަތީ ތައުލީމަށް ކިޔަވަން ގިނަ އަދަދެއްގެ ދިވެހިން ދާ މެލޭޝިއާގައި ގާތްގަނޑަކަށް 2،300 ދިވެހިން ދިރިއުޅެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!