ރަޝިޔާގެ އަޒުރު އެއަރ ގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

ރަޝިއާގެ ޗާޓަރ އެއަރލައިނެއް ކަމަށްވާ “އަޒުރު އެއަރ”ގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.

“އަޒުރު އެއަރ”ގެ ފުރަތަމަ އެއަރލައިން ރާއްޖެ އައިސްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. މި ދަތުރުގައި 400 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

މި އެއަރލައިންއަށް މަރުޙަބާ ކިޔުމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ އިސްވެރިންނާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ އިސްވެރިންގެ ވަނީ ބައިވެރިވެފައެވެ.

އަޒުރު އެއަރގެ ދަތުރުތައް ރާއްޖެއަށް ކުރަނީ މޮސްކޯގެ ވިނުކޮވޯ އިންޓަނޭޝަނަލް އެއަރޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ. އަޒުރު އެއަރލައިނުން ރާއްޖޭގެ އިތުރުން އެހެން ބައެއް ޤައުމުތަކަށްވެސް އަންނަނީ ޗާޓަރ ފުލައިޓްތައް ބާއްވަމުންނެވެ. އޭގެތެރޭގައި ޗައިނާ، އިންޑިއާ، މެކްސިކޯ، ސްޕެއިން، ތައިލޭންޑް، ވިއެޓްނާމް، ޔޫއޭއީ ހިމެނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!