ބިދޭސީ ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި އެކަކަށް އަނިޔާތަކެއް ވެއްޖެ

މާލޭގައި ބިދޭސީ ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި އެކަކަށް އަނިޔާތަކެއް ވެއްޖެއެވެ.

ފުލުހުން ވިދާޅުވެފައި ވަނީ މިރޭ 19:02 ހާއިރު މަޖީދީ މަގުގައި ބިދޭސީ 2 ގްރޫޕަކުން މާރާމާރީ އެއް ހިންގައިގެން އުޅޭ ކަމުގެ ރިޕޯޓު ލިބިނު ކަމަށާއި އަދި މި މާރާމާރީގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާވެސް ދީފައިވާ ކަމަށެވެ. ނަމަވެސް އަނިޔާވި ބިދޭސީގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މާރާމާރީގައި އަނިޔާ ލިބުނު މީހާ ހިމެނޭ ގޮތަށް ބައިވެރިވި 4 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!