ބްރިޖުގެ ދަގަނޑުތަކުގައި ދަބަރު ޖަހާ މައްސަލަ ހައްްލުކުރުމުގެ މަސައްކަތް ފަށައިފި

ސިނަމާލެ ބްރިޖުގައި ބޭނުންކޮށްފައިވާ ދަގަނޑުތަކުގައި ދަބަރު ޖަހަމުންދާތީވެ އާ މެޓީރިއަލްއެއް ބޭނުންކޮށްގެން މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޒޭންގް ލިޒޯންގް މިއަދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ، ދަގަނޑުތަކުގައި ދަބަރުޖަހާ މައްސަލަ ހައްލު ކުރަނީ ރާއްޖޭގެ ކަނޑާއި ގުޅޭ މެޓީރިއަލްއެއް ބޭނުންކޮށްގެން ކަމަށާއި އެކަން ކުރަނީ ޗައިނާގެ ޒިއޭމަން ޔުނިވާސިޓީ އާއި ބްރިޖު ހެދި އެ ގައުމުގެ ސީސީސީސީ އިންޖިނިއަރިންގެ ޓީމުން އެކި ފަހަރު މަތިން ކުރި ދިރާސާތަކަކަށް ފަހު ވަކި ގޮތަކަށް ނިންމުމަށް ފަހުގައި ކަމަށެވެ.

ބުރިޖުގެ ދަގަނޑުތަކުގައި އެންޓި ކޮރޯޝަން ކޯޓިންއެއް ބޭނުން ކުރަން ތަހުލީލުތައް ފަށާފައި ވަނީ މި އަހަރުގެ މެދު ތެރޭގަ އެވެ.

މިހާރު ދަބަރު ފިލުވައި ދަގަނޑުތަކުގައި އާ މެޓީރިއަލް ލުމުގެ މަސައްކަތް ފަށާފައިވާ އިރު، ސަފީރު ވިދާޅުވީ ބުރިޖާ ގުޅިގެން ޗައިނާއިން ކުރަން އެއްބަސްވި ކަންކަން މަތިން ހަނދާން ނުނެތޭ ކަމަށެވެ.

ބުރިޖު ބޭނުންކުރަން ފެށިފަހުން މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައި ވާއިރު، ބްރިޖު ދަގަނޑުތަކުގައި ލޮނުގެ އަސަރު ކުރާތީ ދަބަރު ޖެހުމަކީ ހައްލު ނުކުރެވި އޮތް މައްސަލައެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!