މީހަކު ރަހީނު ކުރުމަށްފަހު ގިނަ އަދަދެއްގެ ފައިސާ ފޭރިގެންފި

މާލޭގައި މީހަކު ރަހީނު ކުރުމަށްފަހު ގިނަ އަދަދެއްގެ ފައިސާ ފޭރިގެންފިއެވެ.

ފުލުހުން ވިދާޅުވީ، މާލޭގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން ޗެކް ތަކަކަށް ފައިސާ ނަގައިގެން ދިޔަ މީހަކު ރަހީނުކޮށް، ފައިސާ ފޭރުނު ކަމަށް ބުނާ މައްސަލައެއް ބަލަމުންދާ ކަމަށެވެ. ނަމަވެސް މި ހާދިސާގެ އިތުރު ތަފްސީލެއް ފުލުހުން ހާމަ ނުކުރެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި ފޭރިގެންފައި ވަނީ، ރާއްޖޭގައި ވިޔަފާރިކުރާ ކުންފުންޏެއްގައި މަސައްކަތްކުރާ ބިދޭސީއެއްގެ އަތުންނެވެ. މި ހާދިސާގައި މި މީހާގެ އަތުން ވަނީ އެއްލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގެންފައެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!