ދަރިން 18 އަހަރު ނުވަނީސް ކޯޓުން ބޭރުގައި ކައިވެނި ކުރުވި މީހަކު މާޅޮހުން ހައްޔަރުކޮށްފި

ހަރުކަށި ފިކުރަށް ތާއީދުކޮށް، ކުޑަ ދަރިންނަށް އިހުމާލުވެ، 18 އަހަރު ނުވަނީސް ކޯޓުން ބޭރުގައި ކައިވެނި ކުރުވި މައްސަލައެއްގައި އއ. މާޅޮހުން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މިއަދު ހެނދުނުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ އުމުރުން 45 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ފުލުހުން ބުނީ، ހަރުކަށި ފިކުރަށް ތާއީދުކޮށް، އެ ފިކުރު ފަތުރައި، ދަރިން ބެލުމުގައި އިހުމާލުވެ، އެ ކުދިން އަސާސީ ހައްގުތަކުން މަހުރޫމުކޮށް ބައެއް ދަރިން 18 އަހަރު ނުވަނީސް ކޯޓުން ބޭރުގައި ކައިވެނި ކުރުވި ކަމަށް ތުހުމަތު ކުރެވޭ މައްސަލަގައި އެ މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!