މަޑުއްވަރީން ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ހަރުކަށި ފިކުރާއި ދެކޮޅަށް ސަލާމަތީ ހިދުމަތްތަކުން ރ. މަޑުއްވަރީގައި ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ހައްޔަރުކުރި ތިން މީހުންގެ ބަންދުގެ މުއްދަތަށް 10 ދުވަސް ޖަހައިިފިއެވެ.

ހައްޔަރުކުރި ތިން މީހުންނަކީ 29 އަހަރުގެ ދިވެހި ފިރިހެނަކާއި، އުމުރުން 30 އަހަރުގެ ދިވެހި ދިރިހެނެއްގެ އިތުރުން 34 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެމީހުންގެ ބަންދަށް އެންމެ ފުރަތަމަ ޖެހި 10 ދުވަސް ހަމަވުމުން މިއަދު ކޯޓަށް ހާޒިރުކުރުމުން އެ މީހުންގެ ބަންދުގެ މުއްދަތު އިތުރު 10 ދުވަހަށް ވަނީ އިތުރުކޮށްފައެވެ.

ފުލުހުން ހިންގި އެއޮޕަރޭޝަނުގައި އެރަށުގެ ބައެއް ކުޑަކުދިންނަށް ވެކްސިން ދިނުމަށް އިންކާރު ކުރި އާއިލާއެއްގެ މީހުން އެއްބަސްވުމުން އެ އާއިލާގައި ހިމެނޭ ތިން ކުޑަކުއްޖަކަށް ވެކްސިން ދީފައެވެ.

އަދި ކިޔަވަން ފޮނުވުމާއި ވެކްސިން ދިނުމަށް އިންކާރު ކުރި އާއިލާއަކަށް ޖެންޑާ މިނިސްޓްރީގެ ފަރާތުން ތަކުރާރުކޮށް ނަސޭހަތް ދިނުމުން ވެސް ނަސޭހަތް ގަބޫލު ކޮށްފައި ނުވާކަން ފުލުހުން ވަނީ ފާހަގަކޮށްފައިވެއެވެ. އަދި ފުލުހުންގެ އެހީތެރިކަމާއި އެކު އެ ކުޑަ އަންހެން ކުއްޖާ މައިންބަފައިންގެ އަތުން ނެގުމަށްފަހު ބޮޑު ދައިތައަކަށް ހަވާލުކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!