ފަހަތުން އަރައި ވުލްވްސް އިން ސިޓީ ބަލިކޮށްފި

އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ ވޮލްވްސް އާއި ދެކޮޅަށް ކުޅުނު މެޗުން ބަލިވެ ތަށި ދިފާއު ކުރުމަށް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ކުރަމުން އަންނަ މަސަތްކަތަށް އަނެއްކާވެސް ހުރަސްތަކެއް އެޅިއްޖެ އެވެ.

މެޗުން ބަލިވުމުން ސިޓީއާ ލިވަޕޫލާ ދެމެދު އޮތް ފަރަގު ވަނީ 14 ޕޮއިންޓަށް ބޮޑުވެފަ އެވެ. ސިޓީން ލިވަޕޫލަށް ވުރެ އެއް މެޗު އިތުރަށް ކުޅެފައިވާއިރު ފަރަގު 17 ޕޮއިންޓަށް ވެސް ބޮޑުވުމުގެ ފުރުސަތު އެބައޮތެވެ. އެއް ވަނައިގައި ލިވަޕޫލް އޮތީ 18 މެޗުން 52 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގެ ދެ ވަނައިގައި 39 ޕޮއިންޓާއެކު ލެސްޓަ ސިޓީ އޮތްއިރު ސިޓީއަށް ލިބިފައިވަނީ 38 ޕޮއިންޓެވެ.

ވުލްވްސްގެ ދަނޑުގައި ރޭ ކުޅުނު ފޯރިގަދަ މި މެޗުގެ 12 ވަނަ މިނެޓްގައި ސިޓީގެ ކީޕަރު އެޑަސަން އަށް ވަނީ ރަތްކާޑު ދައްކާފައެވެ. އޭނާ އަށް ރަތްކާޑު ދެއްކީ ޕެނަލްޓީއޭރިއާގެ ބޭރުން ވުލްވްސްގެ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެންނެވެ.

އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެ ސިޓީން މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގީ ރަހީމް ސްޓާލިން ވައްދާލި ޕެނަލްޓީންނެވެ. މި ޕެނަލްޓީ ފުރަތަމަ ފަހަރު ޖެހުމުން  ނުވަތް ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ އެހީގައި ރެފްރީ ވަނީ ޕެނަލްޓީ އަލުން ޖަހަން ދީފަ އެވެ. ދެ ވަނަ ފަހަރަށް ޖެހި ބޯޅަ ވުލްވްސްގެ ޕޯޗުގަލް ގޯލްކީޕަރު ރުއީ ޕެޓްރީސިއޯ ހިފެހެއްޓި ނަމަވެސް އަތުގައި ޖެހިފައި ނުކުތް ބޯޅަ ސްޓާލިން ވަނީ ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ. ސިޓީން ލީޑު ފުޅާކުރީ ދެ ވަނަ ހާފުގެ ފަސް ވަނަ މިނެޓުގައި ކެވިން ޑި ބްރޭނާގެ އެހީތެރިކަމާއެކު ސްޓާލިން އެވެ. ފަހަތުން އަރައި ވުލްވްސް އަށް ގޯލުތައް ޖަހައިދިނީ އަޑާމަ ޓްރައޮރޭ އާއި ރައުލް ހިމެނޭޒް އަދި މެޑް ޑޮހަޓީ އެވެ. މޮޅުވި ގޯލް ޑޮހަޓީ ޖެހީ މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!