ފޮޓޯ: އިންޑިއަން އެކްސްޕްރެސް ނޫހުން

އިންޑިޔާގައި ކުރަމުންދާ މުޒާހަރާތަކާއި ގުޅިފައިވާ ރަށްވެހިކަމުގެ ޤާނޫނުގެ ހަޤީގަތް

1955 ގައި އެކުލަވާފައިވާ ރަށްވެހިކަމުގެ ޤާނޫނުގެ ދަށުން ރަށްވެއްސަކަށް ވުމާއި އަދި ދޫކޮށްލުމުގެ އިޚްތިޔާރު އިންޑިޔާ ރައްޔިތުންނަށް ލިބިދެއެވެ. އިންޑިޔާއަށް އުފަންވާ މީހުންނަށާއި, އިންޑިޔާ ނޫން ގައުމަކަށް އުފަންވިޔަސް އިންޑިޔާގެ ރައްޔިތުންނަށް ލިބޭ ދަރިންނާއި, އިންޑިޔާގެ ބައެއް ގޮތުގައި ކަނޑައަޅާ ސަރަހައްދުތަކަށް ނިސްބަތްވާ މީހުންނަށާއި, އިންޑިޔާގެ ރައްޔިތަކަށް ވުމަށް ރަޖިސްޓްރީވާ އިންޑިޔާގެ ނަސްލަށް ނިސްބަތްވާ ފަރާތްތަކާއި, ގިނަ އަހަރުތަކެއް ވަންދެން އިންޑިޔާގައި ވަޒަންވެރިވެފައިވާ ބޭރުގެ ފަރާތްތަކަށް އިންޑިޔާގެ ރައްޔިތަކަށް ވުމުގެ އިޚްތިޔާރު ލިބިގެން ދެއެވެ.

2019 ވަނަ އަހަރު ރަށްވެހިކަމުގެ ޤާނޫން (ސީއޭއޭ) އަށް ގެނެސްފައިވާ އިސްލާހުގެ ދަށުން, ދީނީ މަސްލަހަތު ހުރި ގޮތުން އިންޑިޔާއަށް ހިޖުރަ ކޮށްފައިވާ ބޭރުގެ 6 ޖަމާއަތަކަށް ނިސްބަތްވާ 3 ގައުމެއްގެ ބަޔަކަށް އިންޑިޔާގެ ރައްޔިތުންނަށް ވުމަށް ފުރުޞަތު ލިބިގެން ދެއެވެ. މި ގެނެވުނު އިސްލާޙްގެ ސަބަބުން މިހާރު އޮތް ޤާނޫނުގެ ދަށުން އިންޑިޔާގެ ރައްޔިތަކަށްވުމަށް އޮތް އެއްވެސް ފުރުޞަތެއް އެއްވެސް ދީނެއްގެ, އެއްވެސް ނަސްލެއްގެ އެއްވެސް މީހަކަށް ގެއްލިގެންނެއް ނުދެއެވެ.

ސީއޭއޭ އަށް ގެނެސްފައިވާ އިސްލާހަކީ އިންޑިޔާގެ ރައްޔިތުންގެ މައްޗަށް ހިނގާ އިސްލާހެއް ނޫނެވެ. މި އިސްލާޙްގެ ސަބަބުން އިންޑިޔާގެ ރައްޔިތުންނަކަށް އެެއްވެސް އަސަރެއް ނުކުރާނެއެވެ. މި އިސްލާހުން ދީނީ އަގީދާގެ ސަބަބުން އަމިއްލަ ވަޒަނުގައި ދިރިއުޅުމަށް ދަތިވެފައިވާ އަވަށްޓެރި 3 ގައުމަކަށް ނިސްބަތްވާ ފަރާތްތަކަށް އިންޑިޔާގެ ރައްޔިތަކަށް ވުމަށް ފުރުޞަތު ލިބިގެން ދަނީއެވެ.

ފާއިތުވި 6 އަހަރުތެރޭގައި ގާތްގަޑަކަށް 2830 ޕާކިސްތާނުގެ ރައްޔިތުންނަށާއި, 912 އަފްޣާނިސްތާނު ރައްޔިތުންނަށާއި, 172 ބަންގްލަދޭޝް ރައްޔިތުންނަށް ވަނީ އިންޑިޔާގެ ރައްޔިތަކަށް ވުމަށް ހުއްދަ ދީފައެވެ. ކުރިއެކޭވެސް އެއްގޮތަށް މިޤައުމު ތަކުން ޚިޖުރަކުރާ ފަރާތްތަކަށް އިންޑިޔާގެ ރައްޔިތުންނަށް ވުމުގެ ފުރުޞަތު ޤާނޫނީ ގޮތުން އެފަރާތްތަކަށް މިހާރުވެސް ލިބިގެންވެއެވެ. އަދި މި އިސްލާހަކީ 2016 ވަނަ އަހަރުން ފެށިގެން ރަށްވެހިކަމުގެ ޤާނޫނަށް އިސްލާޙް ގެންނަ ބިލެއް ގޮތުގައި ރައްޔިތުންނަށް ހާމަކޮށް އެނގޭހެން ފެންނަށް އޮތް ބިލެކެވެ.

2015 އަދި 2016 ވަނަ އަހަރު ޤަވާއިދުތަކަށް ގެންނަން ޖެހޭ ބަދަލުތައްގެނެސްގެން, މި ގަވާއިދުތަކުގެ ތެރެއިން ކުރިން ބަޔާން ކުރެވުނު 3 ގައުމެއްގެ 6 ޖަމާއަތަކަށް ނިސްބަތްވާ ފަރާތްތަކަށް އިންޑިޔާއަށް ވަނުމާއި, އިންޑިޔާގައި ހުރުމުގެ ޤާނޫނީ ހުއްދަ ވަނީ މީގެ ކުރިންވެސް ދީފައެވެ. އަދި އެމީހުންނަށް ދިގު މުއްދަތެއްގައި އިންޑިޔާގައި އުޅެވޭނޭހެން ވަނީ, ވިސާވެސް ދީފައެވެ. ސީއޭއޭ އަށް ގެނެވުނު އިސްލާހުން މި ފަރާތްތަކަށް އިންޑިޔާގެ ރައްޔިތަކަށް ވުމުގެ ޤާނޫނީ ފުރުޞަތު ލިބިގެން ދެއެވެ. އެއީ 2014ގެ ޑިސެމްބަރު މަހު 31ގެ ކުރިން އިންޑިޔާއަށް އެފަރާތްތަކުން ޚިޖުރަކޮށްފައި ވާނަމައެވެ.

އަމިއްލަ ވަޒަނުގައި ދިރިއުޅެވެން ނެތް ބޭރުގެ ބައެއް ފަރާތްތަކަށް, މީގެ ކުރިންވެސް ތަފާތު ހާލަތްތަކުގައި, އިންޑިޔާ ސަރުކާރުންވަނީ ހާއްސަ ހުއްދައަކާއި އެކު އިންޑިޔާގައި ހުރުމުގެ ހުއްދައާއި އަދި ރައްޔިތަކަށް ވުމުގެ ހުއްދަ ދީފައެވެ. މިސާލެއް ގޮތުން 1948 ގެ ޖުލައި 19 ގެ ކުރިން, ޕާކިސްތާނުން އިންޑިޔާއަށް ހިޖުރަ ކޮށްފައިވާ ފަރާތެއްނަމަ އެފަރާތަކަށް އިންޑިޔާގެ ރައްޔިތަކަށް ވުމުގެ ފުރުޞަތު ވަނީ ލިބި ދީފައެވެ. އަދި މިތާރީޚުގެ ފަހުންކަމުގައި ވިޔަސް, އިންޑިޔާގައި އެންމެ 6 މަސްދުވަސް ދުވަހު ދިރިއުޅެގެންވެސް މީގެ ކުރިން އިންޑިޔާގެ ރައްޔިތަކަށް ވުމުގެ ފުރުޞަތު ޕާކިސްތާނުން ހިޖުރަކުރާ ފަރާތްތަކަށް ލިބިދީފައިވާކަން ފާހަގަ ކޮށްލަން ޖެހެއެވެ.

ހަމައެހެންމެ, 1964 އިން 2008 އާއި ހަމައަށް އިންޑިޔާ ނަސްލަށް ނިސްބަތްވާ 4.61 ލައްކަ ތަމަޅައިންނަށް ވަނީ އިންޑިޔާގެ ރައްޔިތުންނަށް ވުމަށް ހުއްދަދީފައެވެ. މިހާރުވެސް ލަންކާއަށް ނިސްބަތްވާ 95,000 ރެފުއުޖީން, ޓަމިލް ނާޑޫގައި ދިރިއުޅެމުން ދެއެވެ. އިންޑިޔާގެ ޓަމިލްނާޑޫ ސަރުކާރުން އެމީހުން ހާލަތުބަލައި އެހީތެރިވަމުންދާއިރު, އިންޑިޔާގެ ރައްޔިތަކަށް ވުމަށް ޝަރުތު ހަމަވާ ހިސާބުން އެއެންމެންނަށް އިންޑިޔާގެ ރައްޔިތަކަށް ވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

1962 އިން 1978 އާއި ދެމެދު ދެ ލައްކަ އަށްވުރެ ގިނަ އިންޑިޔާގެ ނަސްލަށް ނިސްބަތްވާ ބަރުމާގެ ރައްޔިތުންވަނީ އިންޑިޔާގެ އެކި ކަންކޮޅުގައި ވަޒަންވެރިވެފައެވެ. އެމީހުން އިންޑިޔާއަށް ހިޖުރަކޮށްފައިވަނީ އެމީހުންގެ ވިޔަފާރިތަކާއި, މުދާތައް ބަރުމާގެ ސަރުކާރުގެ ދަށަށް ގަދަކަމުން ގެނެސް ދިރިއުޅެވޭނޭ ގޮތެއް ނެތުމުގެ ސަބަބުންނެވެ.

1965 އަދި 1971 ގެ ހަނގުރާމާގައި އެކިތަންތަނަށް ހިޖުރުކޮށްފައިވާ ފަރާތްތައް އަލުން އަނބުރާ އިންޑިޔާއަށް ގެނައުމަށް މައި ސަރުކާރުން ވަނީ ގުޖުރާތް އަށާއި ރާޖަސްތާން ސްޓޭޓަށް 2005 އަދި 2006 ގައި ދެ އަހަރުދުވަހަށް ހާއްސަ ހުއްދަ އެއް ދީފައެވެ. މީގެ ސަބަބުން އަލުން އަނބުރާ އިންޑިޔާއަށް ހިޖުރަކުރި ފަރާތްތަކަށް އިންޑިޔާގެ ރައްޔިތުކަން ދިނުމުގެ ޤާނޫނީ ބާރު މި ދެ އަވަށަށް ލިބިގެން ދިޔައެވެ.

ސީއޭއޭއަށް ގެނެވުނު އިސްލާހް ބޭރު ގައުމެއްގެ އެއްވެސް ދީނީ ޖަމާއަތަކަށް ޓާގެޓް ކޮށްފައެއް ނުވެއެވެ. އެ އިސްލާހުން ލިބިގެންދަނީ ހިޖުރަކޮށްފައިވާ ފަރާތްތަކަކަށް އިންޑިޔާގެ ރައްޔިތަކަށް ވުމުގެ ހައްޤެވެ. މި ގޮތުން އިންޑިޔާ ރައްޔިތަކަށް ވެވޭނީ މިޤާނޫނުގެ ދަށުން ހެދިގެންދާ ގަވާއިދުތަކުގެ ތެރެއިން ރައްޔިތަކަށް ވުމަށް ޝަރުތު ހަމަވާ ފަރާތްތަކަށް އެކަންޏެވެ.

ސީއޭއޭއަށް ގެނެވުނު އިސްލާހުން ދެކުނު އިރުމަތީގައި ދިރިއުޅޭ ގަބީލާތަކަށްވެސް އޭގެ އަސަރެއް ނުކުރާނެއެވެ. އެ ސަރަހައްދުތަކުގައި ހިޖުރަކޮށްގެން ދިރިއުޅޭ ފަރާތްތަކަށް އިންޑިޔާގެ ރައްޔިތަކަށް ވުމުގެ ފުރުޞަތު މި ޤާނޫނަށް ގެނައުނު އިސްލާހުން ލިބިގެންނުދެއެވެ. އެހެންކަމުން ގަބީލާތަކުގެ ތެރެއަށް ބޭރުބަޔަކަށް އައިސް ވަދެ ނުގަނެވޭނެއެވެ. އަދި މި ޤާނޫނުގެ ދަށުން ރައްޔިތަކަށް ވެވެނީ ހަމަ އެކަނި 2014 ގެ ޑިސެމްބަރު 31 ގެ ކުރިން އިންޑިޔާއަށް ހިޖުރުކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އެހެންކަމުން މި ޤާނޫނުން އިންޑިޔާގެ ރައްޔިތަކަށް ވެވޭނީ, މިހާރުވެސް އިންޑިޔާއަށް ޚިޖުރަކޮށްގެ ދިރިއުޅެމުންދާ ފަރާތްތަކަށް އެކަންޏެވެ.

އިންޑިޔާގެ ރަށްވެހިކަމުގެ ޤާނޫނަށް ގެނައި އިސްލާހަށް ފަހު، އިންޑިޔާ ރައްޔިތުންގެ ދަފްތަރެއް އެކުލަވާލަން އެގައުމުގެ ސަރުކާރުން ކުރަމުންދާ މަސައްކަތާއި މެދު ފާޑު ކިޔުންތައް އަމާޒު ވަމުން ދާތީ އެކަމުގެ ހަގީގަތް ހާމަކުރުމަށް ސުވާލާއި ޖަވާބުތަކެއް ވަނީ އާންމުކޮށްފައެވެ. ތިރީގައި މިވަނީ އެގޮތުން އިންޑިޔާގެ ސަރުކާރުން ކަމުގެ ހަޤީގަތް ހާމަ ކުރުމަށް އާންމު ކުރި ސުވާލުތަކެވެ.

  1. އެން އާރު ސީ އަކީ އޭސީސީގެ ބައެއްތަ؟
    އެން އާރު ސީ ނުވަތަ ނެޝަނަލް ރެޖިސްޓަރ ފޯ ސިޓިޒަންސް އަކީ އިންޑިޔާ ރައްޔިތުންގެ ރަޖިސްޓްރީ އެވެ. އިންޑިޔާ ރައްޔިތުންގެ ގައުމީ ދަފްތަރެވެ. މިފަދަ ރަޖިސްޓްރީ އެއް މިހާތަނަށް އެކުލަވާލާފައިވަނީ ހަމައެކަނި އަސްސާމް އަވަށުގައެވެ. ސީއޭއޭ އަކީ ތަފާތު ގާނޫނެކެވެ. އަދި އެން އާރު ސީ ނުވަތަ ރައްޔިތުންގެ ގައުމީ ދަފްތަރަކީ ތަފާތު މަރުހަލާއެކެވެ. ސީއޭއޭ ނުވަތަ ރަށްވެހިކަމުގެ ގާނޫނަށް ގެނައި ބަދަލު ވަނީ މަޖިލީހުން ފާސްކުރުމާއި އެކު މުޅި ގައުމުގައި ތަންފީޒުކުރަން ފަށާފައެވެ. ނަމަވެސް ގައުމީ ދަފްތަރުގެ ގަވާއިދު ތަކާއި އެކުލަވާނޭގޮތް އަދި އޮތީ ކަނޑަނާޅައެވެ. އައްސާމް އަވަށުގައި ދަފްތަރުކުރުމުގެ މަރުހަލާ ގެންގޮސްފައިވަނީ ސްޕްރީމް ކޯޓުގެ އެންގުމަކާއި އެއްގޮތަށެވެ.
  2. އިންޑިޔާގެ މުސްލިމުން އެންއާރުސީ ނުވަތަ އޭސީސީ އާއި މެދު ކަންބޮޑުވާން ޖެހޭތަ؟
    އިންޑިޔާގެ އެއްވެސް ދީނެއްގެ އެއްވެސް ބަޔަކު ސީއޭއޭ ނުވަތަ އެންއާރުސީ އާއި މެދު ކަންބޮޑުވާކަށް ނުޖެހެއެވެ.
  3. އެންއާރުސީ އަކީ ވަކި ދީނަކަށް އަމާޒު ކުރެވިފައިވާ ކަމެއް ތަ؟
    ނޫން. އެންއާރުސީ އަކީ އެއްވެސް ދީނަކާއި އެއްވެސް ގުޅުމެެއް އޮތްކަމެއް ނޫނެވެ. މިއީ އިންޑިޔާގެ ހުރިހާ ރައްޔިތުންނަށް އޮތްކަމެކެވެ. މިއީ އިންޑިޔާގެ ރައްޔިތުންގެ ދަފްތަރެވެ. އިންޑިޔާގެ ކޮންމެ ރައްޔިތެއްވެސް މި ދަފްތަރުގައި ހިމެނޭނެއެވެ.
  4. ދަފްތަރުގައި ނަން ހިމެނުމާއި ނުހިމެނުން އެމީހަކު ގަބޫލު ކުރާ ދީނެއްގެ މައްޗަށް ބިނާވެދާނެތަ؟
    ނޫން. އެންއާރުސީ އަކީ ދީނާއި އެއްވެސް ގުޅުމެއް ވާކަމެއް ނޫން. ދަފްތަރުގައި ނަން ހިމަނަނީ އެމީހަކު އުޅޭ ދީނަކަށް ބަލައިގެން ނޫނެވެ.
  5. އެންއާރުސީގައި ނަން ހިމަނާއިރު, އިންޑިޔާގެ ރައްޔިތެއްކަން އަންގައިދޭ ހެކި ދައްކަންޖެހޭނެތަ؟
    އެންއާރުސީގެ މަސައްކަތް ފެށުމަށްޓަކައި މިހާތަނަށް އެއްވެސްގޮތަކަށް އާންމުކޮށް އަންގައި އިއުލާން ކޮށްފައި ނުވާނެއެވެ. އަދި އިންޑިޔާގެ ރައްޔިތެއްކަން އެންގުމަށް ހެކި ހުށަހަޅަންވެސް ނުޖެހޭނެއެވެ. އެއީ ދަފްތަރުގައި އިންޑިޔާގެ ހުރިހާ ރައްޔިތުންގެ ނަން ހިމެނުމަށް ކުރާ މަސައްކަތެކެވެ. އާންމުކޮށް އެހެން ފޯމުތައްވެސް ފުރަން ބޭނުން ކުރާ އައިޑެންޓިޓީ ކާޑު ނުވަތަ އެފަދަ އެނޫންވެސް ލިޔުމެއް ދެއްކުމުން ލިސްޓުގައި ނަން ހިމެނިގެންދާނެއެވެ.
  6. ރައްޔިތެއް ކަން ނިންމަނީ ކިހިނެއް؟ އެއީ ސަރުކާރުގެ އަތްމަތީގައި އޮތްކަމެއްތަ؟
    ރައްޔިތެއް ކަން ނިންމާނީ ރަށްވެހިކަމުގެ ގަވާއިދު 2009 އާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. މި ގަވާއިދުތައް އެކުލަވާލާފައި ވަނީ 1955ގެ ރަށްވެހިކަމުގެ ޤާނޫނުގެ ދަށުން, އެއާއި އެއްގޮތަށެވެ.
  7. އިންޑިޔާގެ ރައްޔިތެއްކަން ކަށަވަރު ކުރުމަށް މައިންބަފައިންގެ ތަފްސީލު ހާމަކުރަން ޖެހޭތަ؟
    އަމިއްލަ އުފަންދުވަހާއި, އުފަންވި ތަން ހާމަ ކުރުމުން ފުދެއެވެ. އެފަދަ މައުލޫމާތެއް ނެތިއްޖެ ހާލަތެއްގައި މައިންބަފައިންގެ އުފަން ދުވަހާއި, ތަން ހާމަ ކުރަންޖެހޭނެއެވެ. ނަމަވެސް މައިންބަފައިންގެ އެއްވެސް ލިޔެކިޔުމެއް ހަވާލުކުރާކަށް ނުޖެހޭނެއެވެ. އުފަންދުވަހުގެ މައުލޫމާތު ފަދަ މައުލޫމާތު ފަސޭހަ ކަމާއި އެކު ހާމަކުރެވޭ ގޮތް ހެދުމަށް ވީހާވެސް ގިނަ ބާވަތްތަކުގެ ލިޔެކިޔުންތައް އެއީ އެކަމަށް އެކަށޭނެ ލިޔެކުންތައް ކަމަށް ކަނޑައެޅޭނެއެވެ.
  8. 1971 ގެ ކުރިންވެސް އިންޑިޔާގެ ނަސްލަށް ނިސްބަތްވާ މީހެއްކަން ސާބިތުކޮށްދޭން ޖެހޭތަ؟
    ނޫން. އަދި 1971 ގެ ކުރިންވެސް އިންޑިޔާގެ ނަސްލަށް ނިސްބަތްވޭތޯ ޔަގީން ކުރުމަށް މައިންބަފައިންގެ އެއްވެސް ލިޔެކިޔުމެއްވެސް ހުށައަޅަށް ނުޖެހޭނެއެވެ.
  9. އެހާ ފަސޭހައިން ކާކުކަން ޔަގީންކޮށް ދަފްތަރުގައި ޖެހޭނަމަ, އައްސާމް އަވަށުގައި 19 ލައްކަ މީހުންނަށް އެކަމުގައި ދަތިތައް ކުރިމަތިވީ ކީއްވެ؟
    އައްސާމު އަވަށުގައި އެހެން ފަރާތްތަކުން ރަށްވެހިވުމުގެ މައްސަލައަކީ ވަރަށް ކުރީއްސުރެ ބޮޑު މައްސަލައެކެވެ. އެކަން ހުއްޓުވުމަށް 1985 ގައިވެސް މޫވްމެންޓެއް ނުވަތަ ހަރަކާތެއް ކުރިއަށް ދިޔައެވެ. އޭގެ ފަހުން ރަޖީވް ގާންދީގެ ސަރުކާރުގައިވެސް މި މަސައްކަތް ކުރެވުނެވެ. އެހެންކަމުން އޮޅުވާލައިގެން އެއަވަށުގައި ރަށްވެހިންގެ ގޮތުގައި ތިބީ ކޮންބައެއްތޯ ކަނޑައެޅުމަށް ބަލަންޖެހުނީ 25 މާޗް 1971ގެ ކުރިން އައްސާމް އަވަށުގައި ވަޒަންވެރިވީ ކޮންބައެއްތޯއެވެ.
  10. އެންއާރުސީ ގައި ރަޖިސްޓްރީ ކުރުމަށް ހޯދަން އުނދަގޫ ކުރީގެ ޑޮކިޔުމެންޓެއް ގެނައުމަށް އަންގަފާނެތަ؟
    އެފަދަ ޑޮކިޔުމެންޓެއް ހޯދުމަށް ނާންގާނެއެވެ. އާންމުކޮށް ބޭނުންކޮށް އުޅޭ ޑޮކިޔުމެންޓުން ފުދޭނެއެވެ. ސަރުކާރުން އެއްވެސް ރައްޔިތަކަށް ދަތިކުރުމުގެ ނިޔަތެއް ނެތެވެ.
  11. އެއްވެސް ލިޔުމެއް ނެތް ލިޔަންކިޔަން ނޭނގޭ މީހެއްނަމަ ހަދާނީ ކިހިނެއް؟
    އެފަދަ ހާލަތެއްގައި ހެއްކެއްގެ ގޮތުގައި މީހަކު ގެނެވިދާނެއެވެ. އަދި އިތުރު އެހެން ހެކިތަކާއި ދިރިއުޅޭ މުޖްތަމާޢުގައި އުޅޭ އެހެން ފަރުދުންގެ ކިބައިން އެމީހާގެ ރައްޔިތުކަން ކަށަވަރު ކުރެވޭނެއެވެ.
  12. އިންޑިޔާގައި ގިނައަދަދެއްގެ ބައެއް ވަނީ ގެދޮރުނެތި, ފަގީރު ހާލުގައެވެ. އެމީހުންނަކީ އެއްވެސް ތައުލީމެއްނެތި, އެމީހުންނަކީ ކާކުކަން އެނގޭނޭ ފަދަ އެއްވެސް ލިޔެކިޔުމެއް އޮތް ބައެއް ނޫނެވެ. އެމީހުންނަށް މިހާލަތުގައި ވާނީ ކިހިނެއް ހެއްޔެވެ؟
    މިއީ މުޅިއަކުން ހަގީގަތެއް ނޫނެވެ. އެމީހުންނަކީ ވޯޓުލުމަށާއި, ސޯޝަލް ޚިދުމަތްތައް ސަރުކާރުން ހޯދުމަށް ކާކުކަން އެނގޭނޭ ކޮންމެވެސް ގޮތެއް އޮތް ފަރާތްތަކެވެ. އެފަދަ ވޯޓުލުމަށާއި, އިޖްތިމާޢީ ޚިދުމަތްތައް ސަރުކާރުން ހޯދުމަށް އެމީހުން ރަޖިސްޓްރީ ކޮށްފައިވާ ލިޔެކިޔުންތަކަށް އެފަދަ ހާލަތްތަކުގައި ބެލޭނެއެވެ.

އިންޑިޔާގައި ހިންގަމުންދާ ހަމަނުޖެހުންތަކަކީ ވަކި ބަޔަކު ސިޔާސީ މަންފާއަކަށް ކުރަމުންދާ ކަމެއް ކަމަށް އިންޑިޔާގެ ނޫސްތަކުން މައުލޫމާތު ދެއެވެ.

  1. މިރިޕޯޓަކީ އެއްފަރާތަކަށްޖެހިފައިވާ ރިޕޯޓެއްގެ އިތުރުން އިންޑިއާ ސަރުކާރުން ބޭނުންވާގޮތަށް މީހުންނަށް އޮޅުވާލަން ލިޔެފައިވާ ރިޕޯޓެއް. ސަތުޙު ޚަލީލަށްވުރެ ތިޔަކަމުގެ މައުލޫމާތު ލިިބޭ ފަރާތްތަކަކަށްވާނީ އިންޑިއާގެ ކަމާގުޅޭ ފަރާތްތައް. އެފަރާތްތަކުން ކންބޮޑުވާ މައްސަލައަށް އެއްވެސް އަލިއަޅުވާލުމެއްނެތި ހިތުހުރި އެއްޗެއް ލިޔެ އާއްމުކުރުމަކީ ނޫސްވެރިކަމުގެ ޒިންމާ އަދާކުރެވުނީ ކީ ނޫން.. ސަތުހުވިދާޅުވެ ބައްލަވަ ކީއްވެތަ މިކަމާގުޅިގެން އިންޑިއާގަ އެމުޒާހަރާ ކުރަނީ؟؟؟؟؟؟؟؟؟؟ އެސަބަބު ލިޔަން ނުކެރުނީ ކީއްވެ؟؟؟އެމްޑީޕީމީހުންވާނީ ހަތްފެނުން ކެއްކިޔަސް އެމްޑީޕީ މީހުނަށް..

    0
    0
  2. އިރު ނޫހުން މޯދީގެސަރުކާރު ކިތައްމެ ދިފާޢުކުރިޔަސް ބީޖޭޕީގެ މަކަރާއ ޙީލަތް ނުފޮރުވޭނެ. މިހެން ބުނީމާ ހަޖަމް ނުވެގެން ކޮމެންޓު ނުޖަހާނެ. މޯދީއަކީ މުސްލިމުންނާއި އިދިކޮޅު މީހެއްކަން އެންމެނަށް ޢެނގޭ. 2022 ވަނަ އަހަރަށް މުސްލިމުންގެ ވަސްވެސް އިންޑިޔާއިން ފޮހެލާނެކަމަށް އެއޮތީ ބުނެފަ. ގެރި ކަތިލާތީ މެރީ ކިތައް މުސްލިމުންތަ؟

    0
    0

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!