ކެމެރާތައް ބްރިޖުގައި ހަރުކޮށް ބޭނުންކުރަން ފަށައިފި

ސިނަމާލެ ބްރިޖުގައި ކެމެރާ ހަރުކޮށް، ބޭނުން ކުރަން ފަށައިފި އެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ސިނަމާލެ ބްރިޖުގައި ކެމެރާ ހަރުކޮށް، ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ. ސަރުކާރުން ވަނީ ސިނަމާލެ ބްރިޖުގައި ސުޕީޑް ކެމެރާ ހަރު ކުރާނެ ކަމަށް ވެސް ބުނެފަ އެވެ. ނަމަވެސް ސީޕީ ވިދާޅުވީ މިހާރު ހަރުކޮށްފައިވަނީ ސީސީޓީވީ ކެމެރާ ކަމަށާ ވަރަށް އަވަހަށް ސްޕީޑް ކެމެރާ ހަރުކުރާނެ ކަމަށެވެ.

ސީޕީގެ ޓްވީޓްގައި ބްރިޖްގައި ކެމެރާ ހަރުކުރުމަށް މަސައްކަތް ކުރަމުންދިޔައިރު ނަގާފައިވާ ފޮޓޯތައް ވެސް އާންމު ކުރައްވާފައި ވެއެވެ.

ސިނަމާލެ ބްރިޖުގައި ސުޕީޑް ކެމެރާ ހަރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި އަންނަ އަހަރު އެ ކެމެރާތަކުގެ ބޭނުން ކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!