ހުޅުމާލޭގައި ބަހަކާއި ކާރެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

ހުޅުމާލޭގައި އެމްޓީސީސީ ބަހަކާއި ކާރެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.


ފުލުހުން ބުނެފައިވަނީ ހުޅުމާލެ ޗަނބޭލި މަގުގައި އެމްޓިސީސީ ބަހަކާއި ޕްރައިވެޓް ކާރެއް ޖެހި އެކްސިޑެންޓެއް ވެފައިވާކަމުގެ މައުލޫމާތު އިއްޔެ ހަވީރު 04:55 ހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ.

މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށް ފުލުހުން މައުލޫމާތު ދިފައިވެއެވެ. އެހެން ނަމަވެސް ކާރަށާއި ބަހަށް ގެއްލުންވެފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުުލުހުން ބުނެފައިވަނީ، އެކްސިޑެންޓް ވެފައިވަނީ އޯވަޓޭކް ކުރުމަށް އުޅުމުގެ ތެރޭގައި ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!