ލެސްޓާ ބަލިކޮށް ލިވަޕޫލް 13 ޕޮއިންޓްގެ ލީޑަކަށް

އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ ކުޅުނެ މެޗުން ފަޞޭޙަކަމާއެކު ލެސްޓާ ބަލިކޮށް ލިވަޕޫލް 13 ޕޮއިންޓްގެ ލީޑަކަށް ޖެހިލައިފިއެވެ.

ކިންގް ޕަވަރ ސްޓޭޑިއަމްގައި ކުޅެވުނު މިމެޗު ލިވަޕޫލުން ކާމިޔާބުކޮށްފައިވަނީ 0-4 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުގައި އެ ޓީމުން ވަނީ ލެސްޓާ ދަނޑުގައި ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ގިނަ ލަނޑުތަކެއް ޖަހަން ފުރުސަތު ތަނަވަސްކުރި ނަމަވެސް އެ ޓީމަށް މި ހާފުގައި ޖެހުނު ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ރޮބާޓޯ ފިރްމީނޯ އެވެ. އޭނާ މި ލަނޑު ޖެހީ އަލެކްސަންޑަ އާނޯލްޑް ދިން ބޯޅައަކުންނެވެ.

ދެ ވަނަ ހާފުގައި ލިވަޕޫލުން އިތުރު ތިން ލަނޑު ޖެހިއިރު، ދެ ވަނަ ލަނޑަކީ ލިބުނު ޕެނަލްޓީ އަކުން ޖޭމްސް މިލްނާ ޖެހި ގޯލެކެވެ. ރެފްރީ މައިކަލް އޮލިވާ މި ޕެނަލްޓީ ދިނީ އޭރިއާ ތެރެއިން ލެސްޓާގެ ޑިފެންޑަރު ޝަލްގާ ސޮޔުންޗޫ އަތުގައި ބޯޅައިން ޖެހުމުންނެވެ. ލިވަޕޫލްގެ ތިން ވަނަ ގޯލު އާނޯލްޑް ދިން ބޯޅަ އަކުން ފިރްމީނޯ ޖެހިއިރު، ފަހު ގޯލު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު 21 އަހަރުގެ ފުލްބެކް އާނޯލްޑް އެވެ.

މި ނަތީޖާއާ އެކު މިއީ ލީގުގެ ތާރީހުގައި ލިވަޕޫލުން ފުރަތަމަ 17 މެޗުން ބަލިނުވެ ނިންމާލި ފުރަތަމަ ފަހަރެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!