ބޭރުގެ މަތިންދާބޯޓެއްގެ ހެވީ މެއިންޓަނަންސް ކުރާ ފުރަތަމަ ދިވެހި ކުންފުންޏަކަށް ވިލާ އެއަރ

ރާއްޖޭގައި އަލަށް ބޭރުގެ މަތިންދާބޯޓެއްގެ ހެވީ މެއިންޓަނަންސެއްގެ މަސައްކަތް، ވިލާ އެއަރ އިން ވިލާ އެއަރޕޯޓް މާމިގިލީގައި ހިންގާ މެއިންޓަނަންސް ރިޕެއަރ އެންޑް އޯވަރހޯލް ފެސިލިޓީގައި ކުރަން ފަށައިފިއެވެ.

ވިލާ އެއާއިން ހިންގާ މެއިންޓެނެންސް އެންޑް އޯވަހޯލް ފެސިލިޓީގައި ހެވީ މެއިންޓެނެންސް ކުރުމަށް ސްރީލަންކާގެ ޗާޓާޑް އެއާލައިނެއް ކަމަށްވާ ފިޓްސް އެއާލައިންގެ އޭޓީއާރް72-202 މަތިންދާބޯޓެއް މިއަދު މާމިގިލީ އެއާޕޯޓަށް ވަނީ ޖައްސާފައެވެ.

ވިލާއިން ބުނި ގޮތުގައި މިއީ ބޭރުގެ އެއާލައިނެއްގެ ހެވީ މެއިންޓެނެންސް ހެދުމަށް ރާއްޖޭގެ ކުންފުންޏަކަށް ލިބުނު ފުރަތަމަ ފަހަރެެވެ.

“މި ޝަރަފު ލިބުނީ ސްރީލަންކާގެ ސިވިލްއޭވިއޭޝަން އޮތޯރިޓީން ސްރީލަންކާގައި ރަޖިސްޓްރީ ކޮށްގެން އުދުހޭ މި މަރުކާގެ މަތިންދާބޯޓު ތަކުގެ ހެވީ މެއިންޓަނަންސް ކުރުމުގެ ހުއްދަ އެފަރާތުން އައިސް އިންސްޕެކްޓް ކުރެއްވުމަށް ފަހު މިކުންފުނީގެ މެއިންޓަނަންސް ރިޕެއަރ އެންޑް އޯވަރހޯލް ފެސިލިޓީ އަށް ދެއްވުމާއި ގުޅިގެން.” ވިލާ އެއަރ އިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވެއެވެ.

“ޝައްކެތްނެތް ގޮތުގައި މިއިން ދައްކައިދެނީ ވައިގެ ދަތުރުފަތުރާއި އެއާއި ގުޅޭ ކަންކަމުގައި މިއަދުގެ ސަރުކާރުން ގެންގުޅުއްވާ ހަމަހަމަ އަދި ހުޅުވާލެވިފައިވާ މިނިވަން ސިޔާސަތު. މިއީ ރާއްޖޭގެ ވައިގެ ދަތުރު ފަތުރު ފުޅާކުރުމަށް ހުޅުވުނު އިތުރު ފުރުސަތެކެވެ. މިކަމަށްޓަކައި ސަރުކާރުގެ އެންމެހާ ވެރިންނަށް ވަރަށް އިޚްލާސްތެރިކަމާއި އެކު ޝުކުރު ދަންނަވަން.” ވިލާ އެއަރ އިން އިތުރަށް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!