ތިނަދޫގައި އެކްސިޑެންޓެއް ހިނގައި މީހެއްގެ ބޯ ފަޅައިގެން ހިނގައްޖެ

ގދ. ތިނަދޫގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި މީހެއްގެ ބޯ ފަޅައިގެން ހިނގައްޖެ އެވެ.

ފުލުހުން ބުނީ، އިއްޔެގެ އިރުއޮއްސި 19:18 އެހާކަންހާއިރު ތިނަދޫ އަބޫބަކުރު ސުކޫލް ކުރިމަތިން ދެސައިކަލް ޖެހި އެކްސިޑެންޓުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފައި ވާކަމަށެވެ.

އެކްސިޑެންޓުވި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލު ދުއްވަން އިން މީހެއްގެ ބޯ ފަޅައިގެން ގޮސްފައިވެއެވެ. އަނެއް ސައިކަލު ދުއްވި މީހާއަށް ބޭރުފުށުން މާ ބޮޑު އަނިޔާއެއް ނުވެއެވެ.

އެ ދެ މީހުންނަށްވެސް މިހާރު ތިނަދޫ ހޮސްޕިޓަލުގައި ވަނީ ފަރުވާ ދީފައެވެ.

ސައިކަލް ދުއްވި ދެމީހުންގެ އަތުގައިވެސް ސައިކަލް ދުއްވުމުގެ ލައިސެންސު އޮންނަ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ. މިމައްސަލަ ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!