އާޔޫޝްގެ ދެވަނަ ފިލްމު ކްވާތާގެ ޝޫޓިން ފަށައިފި

ފިލްމު “ލަވްޔާތުރީ” އިން ބޮލީވުޑަށް މިދިޔަ އަހަރު ތައާރަފުވި އެކްޓަރު އާޔޫޝް ޝަރުމާގެ ދެވަނަ ފިލްމު “ކްވާތާ” ގެ ޝޫޓިން ފަށައިފި އެވެ.

އާޔޫޝް އަކީ ސަލްމާން ޚާންގެ ހަގު އަންހެން ކޮއްކޮ އަރުޕިތާ ޚާންގެ ފިރިމީހާ އެވެ. އޭނާގެ ދެވަނަ ފިލްމުގައި އާޔޫޝް ފެންނާނީ ވީރް ޕްރަތާބް ސިންގް ކިޔާ ސިފައިންގެ މީހެއްގެ ރޯލުންނެވެ. ކެރެކްޓާ އަށް ތައްޔާރުވުމުގެ ގޮތުން އޭނާ ވަނީ ހަށިގަނޑު ވެސް ވަރަށް ވަރުގަދަ ކޮށްފަ އެވެ.

“ކްވާތާ” ގެ ބަތަލާ އަކީ ކެޓްރީނާ ކެއިފްގެ ކޮއްކޮ އީޒަބެލް ކެއިފެވެ.

ބެލެވޭ ގޮތުން އަންނަ އަހަރު ރިލީޒްކުރާ މި ފިލްމު ވާނީ އޭނާ ބޮލީވުޑަށް ތައާރަފުވާ ފިލްމަށެވެ. މީގެ ދެ އަހަރު ކުރިން 2017 ގައި ސޫރަޖް ޖްޕަންޗޯލީއާ އެކު އީޒަބެލް “ޓައިމް ޓް ޑާންސް” ގެ ކިޔާ ފިލްމެއްގެ މަސައްކަތް ފަށައި، ޝޫޓިންގެ ބޮޑު ނިންމައިލި ނަމަވެސް ފަހުން އެ ފިލްމާ ބެހޭ އެއްވެސް ވާހަކައެއް ނުދެއްކެވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!