ފިޔަވަތީގެ ފުރާޅުމަތިން 3 ކުއްޖަކު ބާލުވައިފި

ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ، ފިޔަވަތީގައި ދިރިއުޅެމުންދާ ތިން ކުއްޖަކު ފުރާޅުމަތީ ތިއްބާ ފެނިގެން ފުލުހުންގެ އެހީގައި އެތަނުން އެ ކުދިން ބާލުވައިފިއެވެ.

ފުލުހުން ވިދާޅުވީ، ފިޔަވަތީގައި އުޅޭ ތިން ކުއްޖަކު މިއަދު އެތަނުގެ ފުރާޅު މައްޗަށް އަރައިގެން އުޅޭކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުންނާއި ފިޔަވަތީގެ މުވައްޒަފުން ގުޅިގެން އެ ތިން ކުދިންވެސް މިިރޭ 07:25 ހާއިރު ފުރާޅުމަތިން ބާލުވާފައިވާކަމަށެވެ.

މިހާދިސާ ހިނގާފައިވީނަމަވެސް، ފިޔަވަތިން އެއްވެސް ކުއްޖަކު މިރޭ ފިލައިގެން ބޭރަށް ގޮސްފައިނުވާކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!