ފޯނެއް ފޭރުނު މީހަކު ފުލުހުން ހައްޔަރު ކޮށްފި

ފޯނެއް ފޭރުނު މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މިއަދުގެ ހެނދުނުގެ ވަގުތެއްގައ ގަލޮޅު ގެއަކުން މީހަކު ފޯނެއް ފޭރިގަނެގެން ގޮސްފައިވާ މައްސަލައެއް ހުށަހެޅިފައިވާކަމަށާއި، މިމައްސަލާގައި ސީސީޓީވީ ފުޓޭޖް ބަލައިގެން އެފޯން ފޭރުނުކަމަށް ބެލެވޭ މީހާ ހުއްޓުވާފައިވާކަމަށެވެ. އަދި ހުއްޓުވުމަށްފަހު އޭނާ ބަލައި ފާސްކުރިއިރު ފޯން ވިއްކާލައިގެން ހޯފައިވާ ފައްސަތޭކަ ރުފިޔާއާއި ވެރިފަރާތް ފޯނަށް ލައްވާފައިހުރި ސިމް ކާޑު އޭނާ ލައިގެންހުރި ޖީންސްގެ ޖީބުން ފެނިފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، ފޭރިގަތް ފޯން ބަންގްލަދޭޝް މީހަކަށް ވިއްކާލާފައިވަނިކޮށް އެމީހާ ހޯދުމަށްފަހު އެފޯން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ.

މިމައްސަލާގައި އުމުރުން 25 އަހަރުގެ ދިވެހި ފިރިހެނަކު ޙައްޔަރުކޮށްފައިވާއިރު، ފުލުހުންދަނީ މިމައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!