ބޮޑު އެކްސިޑެންޓު: ޖިޕު ޑްރައިވަރުގެ ލައިސެންސް ބާތިލުކޮށްފި

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ ސިނަމާލެ ބްރިޖުމަތީގައި ކާރުތަކެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އިހުމާލުވި ބިދޭސީ ޑްރައިވަރުގެ ލައިސެންސް ބާތިލުކޮށްފިއެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި އެ އެކްސިޑެންޓު ހިނގަން މެދުވެރިވީ ބާރު ސްޕީޑުގައި މާލެއާ ވީ ކޮޅަށް ދުއްވަމުން އައި ހުދު ކުލައިގެ ޖިޕެއް ކޮންޓްރޯލު ނުވެ، ބްރިޖުގެ ޓްރެފިކް ލައިޓަށް މަޑުކޮށްފައި އޮތް ތިން ކާރަކާއި ސައިކަލެއްގައި ޖެހިގެންނެވެ.

ޖިޕު ދުއްވަން އިނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުުމުރުން 27 އަހަރުގެ ފިރިހެނެކެވެ. އެ މީހާގެ ލައިސަންސް ބާތިލު ކުރީ އިއްޔެ ކަމަށާއި އޭނާގެ ލައިސަންސް ބާތިލު ކުރުމާއެކު ދެ އަހަރު ދުވަހުގެ މުއްދަތަށް އޭނާއަށް ލައިސެންސް ދޫނުކުރަން ޓްރާންސްޕޯޓު އޮތޯރިޓީން ނިންމާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ އެކްސިޑެންޓުގައި އެންމެ ބޮޑު އަނިޔާއެއްވީ ޖިޕު ދުއްވަން އިން މީހާއަށެވެ. އޭނާއަށް މިހާރުވެސް އޭޑީކޭގައި ދަނީ ފަރުވާ ދެމުންނެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!