ފޮޓޯ: ވަން

ސަރުކާރުން ޓެކްސް ނަގަން މަޖުބޫރު ކުރަނީ ރައްޔިތުން: އުއްޗު

ސަރުކާރުން އެކި ނަންނަމުގައި ޓެކްސް ނަގަނީ އެކަން ކުރަން ރައްޔިތުން މަޖުބޫރު ކުރާތީ ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ “ފަށާއިރު” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އުއްޗު ވިދާޅުވީ ތަރައްގީއަށް ޑިމާންޑު ކުރަނީ ރައްޔިތުން ކަމަށާއި، ރައްޔިތުންގެ ޑިމާންޑުތައް ފުރިހަމަކޮށްދިނުމަށް ސަރުކާރުން ކޮންމެސް ގޮތަކުން ފައިސާ ހޯދަން ޖެހޭނެ ކަމަށެވެ.

ޓެކްސް ނެގުމަކީ ކޮންމެ ސަރުކާރެއް އޮތަސް ކުރަންޖެހޭ ކަމެއް ކަމަށްވެސް އުއްޗު ވިދާޅުވި އެވެ. ރައްޔިތުން ކުރަން ބޭނުންވާ ކަންކަން މިއަދު ވަރަށް ގިނަ ކަމަށާއި ޓެކްސް ނަގަނީ ރައްޔިތުން ބޭނުންވާ އެފަދަ ކަންކަން ކޮށްދިނުމަށް ކަމަށްވެސް ވިދާޅުވި އެވެ.

އުއްޗު ވިދާޅުވީ ރައްޔިތުން އެދޭ ކަންކަން ކޮށްދިނުމަކީ ކޮންމެ ސަރުކާރަކުން ވެސް ކުރާނެ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ޓެކްސް ނުނަގާ ނަމަ ސަރުކާރުން ދެން ޖެހޭނީ އެހެން ގައުމުތަކުން ދަރަންޏަށް ފައިސާ ހޯދަން ކަމަށެވެ.


Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!