ރެކޯޑު އަދަދަކަށް މި އަހަރު މަޝްރޫއުތައް ހިންގައިފިން : ހޫދު

މި އަހަރުގެ ތެރޭގައި ސަރުކާރުން ރެކޯޑު އަދަދަކަށް އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގާފައިވާ ކަމަށް ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރަޓެޖިސްޓް އަދި ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެ އެވެ.

ގިނަ ދުވަސްތަކަކަށް ފަހު ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހޫދު ވިދާޅުވީ ނިމިގެން މިދާ އަހަރަކީ ރައްޔިތުންނަށް ރަނގަޅު ހިދުމަތްތަކެއް ކޮށްދެވުނު، އަދި ސަރުކާރަށް ކާމިޔާބު އަހަރެއް ކަމަށެވެ. އެގޮތުން
އުމްރާނީ ތަރައްގީގެ މަސައްކަތްތަކަށް އެކަނި ބަލާލައިއިރު، 91 ރަށެއްގައި 118 މަޝްރޫއުގެ އަމަލީ މަސައްކަތް ހިނގަމުންދާ ކަމަށް ހޫދު ވިދާޅުވި އެވެ.

އެ އަދަދަކީ އަލަށް އިންތިހާބުވެގެން ފުރަތަމަ އަހަރު ތެރޭގައި މީގެ ކުރީ އެއްވެސް ސަރުކާރަކުން ނުކުރާ ވަރުގެ ބޮޑު މަސައްކަތެއް ކަމަށް ކަމަށާއި އެއީ މި ސަރުކާރުން ހަދާފައިވާ ރެކޯޑެއް ކަމަށް ހޫދު ވިދާޅުވި އެވެ.

“މިވޭތުވެ ދިޔަ އަހަރަކީ ރަނގަޅު ކާމިޔާބު އަހަރެއް. ކުރިޔަށް އޮތް އަހަރަކީ އަޅުގަނޑުމެން މިއަށް ވުރެ ބޮޑެތިކަންކަމާ ކުރިމަތިލާނެ އަހަރެއް،” ހޫދު ވިދާޅުވި އެވެ.

ހޫދު ވަނީ އެހެން ދާއިރާތަކުން މި ސަރުކާރުން ހޯދު ކުރިއެރުންތަކަށް ވެސް އަލިއަޅުވާލައްވައިފަ އެވެ. އެގޮތުން އެންމެ ފަހުން ފާސް ކުރީ ރެކޯޑު ބަޖެޓެއް ކަމަށާއި އެއީ ތައުލީމާއި ސިއްހީ އަދި އުމްރާނީ ތަރައްގީއަށް އެންމެ ބޮޑު ހޭދަައެއް ކުރާ ބަޖެޓު ކަމަށް ހޫދު ވިދާޅުވި އެވެ.

ތައުލީމީ ދާއިރާއިން މި އަހަރުގެ ނިޔަލަށް 5000 އާ ގާތް ކުރާ އަދަދަކަށް ކުދިން ފުރަތަމަ ޑިގްރީ ހަދަން ޔުނިވާސިޓީތަކަށް ބައިވެރިވެފައިވާ ކަމަށާއި ނާސްތާ ޕްރޮގްރާމްގެ ދަށުން 112 ސްކޫލެއްގައި ކޮންމެ ދުވަހަކު 55،000 އަށް ވުރެ ގިނަ ކުދިން ހެނދުނު ނާސްތާ ނަގަމުންދާ ކަމަށެވެ. އަދި މަތީ ތައުލީމް ހާސިލް ކުރަން ބޭނުންވާ ކުދިންނަށް ސްޓުޑަންޓް ލޯން ލުއިކޮށްދީފައިވާ ކަމަށާއި ގިނަ ސްކޯލާޝިޕްތަކެއް ދީފައިވާ ކަމަށް ވެސް ހޫދު ވިދާޅުވި އެވެ.

އޭގެ އިތުރުން މެޓާނިޓީ ޕެޓާނިޓީ ލީވް އިތުރުކޮށް، އެތެރޭގެ އުދުހުންތައް އަގު ހެޔޮކޮށްފައިވާ ކަން ހޫދު ފާހަގަ ކުރެއްވި އެވެ.

  1. ތިޔަވާނީ ހޫދުގެ ގޭގައި ސިއްރުން ހިންގި މަޝްރޫޢު ތަކަކަށް. ޢާއްމުކޮށް ފެންނަން ނެތީ އެހެންވީމާތާ.

    0
    0

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!