ތިލަފުށީގެ މަގުތައް މަރާމާތު ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ތިލަފުށީގެ މަގުތައް މަރާމާތުކުރަން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ޕްރައިވެޓް ލިމިޓެޑް (ޖީއެމްއައިޒެޑް) އާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ޖީއެމްއައިޒެޑްގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެތަނުގެ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ރަޝީދު އަބޫބަކުރާއި އާރްޑީސީގެ މެނޭޖިން ޑައިރެކްޓަރު މޫސާ އަލީ މަނިކެވެ. ތިލަފުށީގެ މަގުތައް މަރާމާތު ކުރަން 40 މިލިއަން ރުފިޔާ ހޭދަކުރާނެ ކަމަށް އާރްޑީސީގެ އެމްޑީ ވިދާޅުވި އެވެ.

ތިލަފުށީގެ މަގުތަކަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލެއް ގެންނަން އާރްޑީސީއާ ހަވާލުކޮށްފައި ވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުގެ ދަށުން ކަމަށް ޖީއެމްއައިޒެޑްގެ މެނޭޖަރު ވިދާޅުވި އެވެ. މިއީ ތިލަފުށީގެ މަގުތައް މަރާމާތުކުރަން ކުރަން ޖެހޭ މަސައްކަތްތައް ދެނެގަންނަން ވެފައިވާ އެއްބަސްވުމެކެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް ފެށުމުގެ ކުރިން އިތުރު އެއްބަސްވުމެއްގައި ސޮއިކުރާނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!