31 ޑިސެމްބަރއިން ފެށިގެން އެމްއައިބީ ބަންދު

އެހެން ބޭންކްތަކެކޭ އެއްގޮތަށް ޑިސެމްބަރު 31 ގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ވެސް ބަންދުވާނެ ކަމަށް އެތަނުން ބުނެފި އެވެ.

އަންގާރަ ދުވަހު ބަންދު ކުރުމަށްފަހު ދެން ބޭންކު ހުޅުވާނީ ޖެނުއަރީ 5 ގައެވެ. މި ދުވަސްތަކުގައި ބޭންކު ބަންދުވި ނަމަވެސް ގުޅައިގެން މައުލޫމާތު ސާފު ކުރަން ބޭނުންވާ މީހުންނަށް ރޭގަނޑު 11:00 އާ ހަމައަށް އެ ބޭންކުގެ ކޯލްސެންޓަރުން ހިދުމަތް ލިބޭނެ އެވެ. އަދި އެ ބޭންކުގެ ހުރިހާ އޭޓީއެމްތަކަކުން ވެސް ހިދުމަތް ލިބޭނެ ކަމަށް އެމްއައިބީން ބުންޏެވެ.

އަހަރުގެ އެންމެ ފަހު ދުވަހު ރާއްޖޭގެ ހުރިހާ ބޭންކެއް ވެސް ބަންދުވާނެ އެވެ.

އެމްއައިބީގެ ސެންޓަރުތައް ރާއްޖޭގެ ހަ ރަށެއްގައި ވަނީ ގާއިމްކޮށްފަ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!