ސެކިއުރިޓީ ވަރުގަދަކުރީ ފަތުރުވެރިން ގިނަވުމުން: ތަރުޖަމާން

އެމްއެންޑީއެފް ޔެލޯ އެލާޓް ލެވެލް 2 އަށް ގެންދިޔައީ ކަނޑައެޅިގެން ވަކި ނުރައްކަލެއް އޮވެގެން ނޫންކަމަށް ރައީސް އޮފީހުންވެސް ބުނެފިއެވެ.


ރައީސް އޮފީހުން މިފަދައިން ބުނެފައިވާއިރު އެމްއެންޑީއެފްއިން ވެސް ރޭ ވަނީ އެގޮތަށް ބުނެފައެވެ.

މިއަދު ރައީސް އޮފީހުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް ހޫދު ވިދާޅުވީ އެމްއެންޑީއެފްއިން މުޅި ރާއްޖޭގައި ހަތިޔާރު ހިފައިގެން ހަރަކާތްތެރިވަމުން ދަނީ ރާއްޖެއަށް ވަކި ހާއްސަ ނުރައްކަލެއް އޮވެގެން ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ މި ދުވަސްވަރަކީ ރާއްޖެއަށް ވަރަށް ގިނަ އަދަދެއްގެ ފަތުރުވެރިން ދަތުރު ކުރަމުން އަންނަ ދުވަސްވަރެއް ކަމަށާއި އެހެންކަމުން އެމީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަލާމަތީ ބާރުތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!