އައްޑޫ މަގުތައް ހަދަން ސާވޭކުރަން ފަށައިފި

އައްޑޫ ސިޓީގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ސާވޭގެ މަސައްކަތް ފަށައިފި އެވެ.


މިމަޝްރޫއު ކުރިއަށް ގެންދަން ސަރުކާރުން ހަވާލުކޮށްފައިވަނީ އިންޑިއާގެ އިން ޖޭވީ ވިތު އެލްއީއޭ އެސޯސިއޭޓްސް އާއި އިންޑިއާގެ އެލް އެންޑް ޓީ އިންފްރާސްޓްރަކްޗާ ކުންފުންޏަށެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ދިރާސާގެ މަސައްކަތް ކުރިއަށްދާ ގޮތް ސާވޭ ކުރާ ފަރާތުން ކައުންސިލާ ހިއްސާކޮށްފައިވާ ކަމަށެވެ.

އައްޑޫ ސިޓީގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން 25 ކިލޯ މީޓަރުގެ މަގު ހެދުމުގެ މަސައްކަތް ކުރުމަށް ވަނީ ނިންމާފަ އެވެ.

އައްޑޫގެ އެކި ސަރަހައްދުތަކުން ބިން ހިއްކުމަށް ވެސް ސަރުކާރުން ހަވާލުކޮށްފައިވަނީ އައްޑޫގެ މަގު ހެދުމަށް ހަވާލުކޮށްފައިވާ ދެ ކުންފުންޏަށެވެ.

ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ހުޅުމީދޫން 38 ހެކްޓަރު، މަރަދޫފޭދޫން 75 ހެކްޓަރު، ހިތަދޫން 90 ހެކްޓަރު އަދި ރިސޯޓް ހެދުމަށް ބޭނުންވާ ބިން އިތުރުކުރުމަށްޓަކައި 25 ހެކްޓަރުގެ ބިން ހިއްކުމަށްވެސް ވަނީ ނިންމާފަ އެވެ.

އައްޑޫގެ ބިން ހިއްކުމާއި، މަގުތައް ހެދުމުގެ މަޝްރޫއު އިންޑިއާގެ ދެ ކުންފުންޏަކަށް ހަވާލުކޮށްފައިވަނީ އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ހަމަޖައްސައިދީފައިވާ 800 މިލިޔަން އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!