ދޯންޏެއް ދިޔަވާތީ އެމްއެންޑީއެފް އިން ހަރަކާތްތެރިވާނީ

ކ. ތިލަފުށްޓަށް ދަތުރުކުރި ދޯންޏެއް ދިޔަވާތީ އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފި އެވެ.


އެމްއެންޑީއެފުން ބުނީ ވ. އަލިމަތާ ރިސޯޓުން ފުރައިގެން ތިލަފުއްޓަށް ދަތުރުކުރި “ރަންމިއި” ނަމަކަށް ކިޔާ ދޯންޏެއް މާފުށި ކަނޑުއޮޅި ކައިރިން ދިޔަވާތީ އެމްއެންޑީއެފް މާލެ އޭރިއާ ސީޖީ ސްކޯޑަން އިން ހަރަކާތްތެރިވާން ފަށައިވާ ކަމަށެވެ.

މިހާދިސާ ހިނގިއިރު އެދޯނީގައި ދިވެއްސަކާއި ދެ ބިދޭސީން ތިބި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އަދި ދޯނި ދިޔަ ވުމުގެ ސަބަބުން އިންޖީނު ވެސް ވަނީ ހުއްޓިފައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

އެމްއެންޑީއެފުން ބުނީ މިހާދިސާގެ ރިޕޯޓު ލިބިފައިވަނީ ރޭ މެންދަމު 03:00 ހާއިރު ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!