ޕެރެޑައިސް ރިސޯޓުގައި ހަވާޔާއެކު އާ އަހަރު ފާހަގަކުރަނީ

މި އަހަރު ވެސް ވަރަށް ކުލަ ގަދަކޮށް ޕެރެޑައިސް އައިލެންޑް ރިސޯޓުގައި އާ އަހަރު ފާހަގަކުރާނެ އެވެ. އާއިލާ އާއި ރައްޓެހިންނާ އެކު، 2020 ވަނަ އަހަރު ފެށޭ ހާއްސަ ވަގުތުގައި ހިތްގައިމު ވަގުތުތަކެއް ހޭދަކޮށްލުމަށް ޕެރެޑައިސް އައިލެންޑުން ވަނީ ރަނުގެ ފުރުސަތެއް ހުޅުވާލައިފަ އެވެ.

“މެކްސިކަން ފިއެސްޓާ 2020” ގެ ނަމުގައި ކުރިއަށްގެންދާ މި ހަރަކާތުގައި ގާލާ ޑިނާ އަކާއި ބޮޑު ޕާޓީއެއް ވެސް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ. ގާލާ ޑިނާ އަށް އެކަނި ދާނަމަ 98 ޑޮލަރު ދައްކަން ޖެހޭ އިރު ނިއު އިޔާ ޕާޓީގައި އެކަނި ބައިވެރިވުމަށް 99 ޑޮލަރު ބޭނުންވާނެ އެވެ. އެހެން ނަމަވެސް ގާލާ ޑިނާ އާއި ޕާޓީގައި ބައިވެރިވާ ނަމަ ހާއްސަ ޑިސްކައުންޓަކާ އެކު 155 ޑޮލަރަށް އެކަން ވާނެ އެވެ.

މެކްސިކަން ތީމަށް ކުރިއަށްގެންދާ މި ހަރަކާތުގައި ތަފާތު އެތައް ބާވަތެއްގެ ކެއުން އޮންނާނެ އެވެ. އޭގެ ތެރޭގައި އިޓާލިއަން، ތައި، މެކްސިކަން، ޖަޕަނީސް އާއި ލޯކަލް ކުޒީންތައް ގަލާ ޑިނާގައި ލިބެން ހުންނާނެ އެވެ.

ޑިނާއަށް އޮންނަ ޕާޓީގައި ލައިވް މިއުޒިކާއި ނެށުމުގެ ހަރަކާތްތަކާއި ފަޔާ ޑާންސް އާއި ޑީޖޭގެ އިތުރުން ހަވާ އެރުވުން އޮންނާނެ އެވެ. އާއަހަރުގެ ކައުންޑައުން ހަރަކާތްތައް ވެސް ވަރަށް ތަފާތުކޮށް ކުރިއަށްގެންދާނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!