ވިލިނގިލީ ޕޮލިސް ސުޓޭޝަނުގައި ފުލުހުންތަކެއް ކާނާ ވިހަވެއްޖެ

ގއ. ވިލިނގިލީ ޕޮލިސް ސުޓޭޝަނުގައި ފުލުހުންތަކެއް ކާނާ ވިހަވެއްޖެއެވެ.

ރާއްޖޭގެ އޮންލައިން ނޫހަކުން ބުނެފައިވާ ގޮތުގައި 7 ފުލުހަކުވަނީ ކާނާ ވިހަވެފައެވެ. މީގެތެރެއިން 5 ފުލުހަކުވަނީ ގއ. ވިލިނގިލީ އަތޮޅު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދީފައެވެ. މި 5 ފުލުހުންގެ ތެރެއިން 2 ފުލުހަކު މިހާރު ދޫކޮށްލައިފައިވާއިރު 3 ފުލުހަކަށް އަދިވެސްދަނީ ފަރުވާ ދެމުންނެވެ.

މައުލޫމާތު ލިބޭގޮތުގައި މި ފުލުހުން ކާނާ ވިހަވެފައިވަނީ މެންދުރުގެ ކެއުމަށްފަހުއެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ، ގއ. ވިލިނގިލީ ޕޮލިސް ސުޓޭޝަނުގެ “މެސް” ގައި ހުރި މެންދުރުގެ ކެއުމަށްފަހު 5 ފުލުހުން ކާނާ ވިހަވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. މީގެތެރެއިން 3 ފުލުހުންވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ކަމަށެވެ.

އަދި މި ފުލުހުންގެ ހާލު އަންނަނީ ރަނގަޅުވަމުން ކަމަށެވެ.


Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!