ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި 3 މުއާހަދާ އަކަށް ލަފާ ހޯދަން ފޮނުވަން ރައީސް ނިންމަވައިފި

ރިވައިސްޑް ކިޔޯޓޯ ކޮންވެންޝަން (އާރު.ކޭ.ސީ)ގައި ސޮއިކުރުމާއި 1996 ވަނަ އަހަރު އުފެދިފައިވާ އޭޝިއާ އެންޑް ޕެސިފިކް ކޮމިޝަން އޮން އެގްރިކަލްޗަރަލް ސްޓެޓިސްޓިކްސް (އެޕްކަސް) ގައި ބައިވެރިވުމާއި ކޮންވެންޝަން އޮން އެލިމިނޭޝަން އޮފް އޯލް ފޯމްސް އޮފް ޑިސްކްރިމިނޭޝަން އެގެއިންސްޓް ވިމެން (ސީޑޯ) މުޢާހަދާގެ 16 ވަނަ މާއްދާއަށް ކޮށްފައިވާ ބައެއް އިއުތިރާޟްތައް ނެގުމަށް މަޖިލީހުން ލަފާދެއްވާފައިވާތީ އެކަމާމެދު މަޖިލީހުގެ ލަފާފުޅަކަށް ހުށައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް މި ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އާއި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.
ރިވައިސްޑް ކިޔޯޓޯ ކޮންވެންޝަން (އާރު.ކޭ.ސީ) ނުވަތަ “ދަ އިންޓަރނޭޝަނަލް ކޮންވެންޝަން އޮން ސިމްޕްލިފިކޭޝަން އެންޑް ހާމަނައިޒޭޝަން އޮފް ކަސްޓަމްސް ޕްރޮސީޖާރސް” މުޢާހަދާ އަކީ ވޯލްޑް ކަސްޓަމްސް އޯގަނައިޒޭޝަން ( ޑަބްލިއުސީއޯ)ގެ މުޢާހަދާއެކެވެ. އާރު.ކޭ.ސީ. އަކީ ކަސްޓަމުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ މައިގަނޑު އަސާސްތަކާއި ސްޓޭންޑަރޑްތައް ބަޔާންކުރާ ޑަބްލިއުސީއޯގެ މުޢާހަދާއެކެވެ. އާރުކޭސީގެ މަޤްޞަދަކީ، ދޭދޭ ޤައުމުތަކުގެ ކަސްޓަމްސްތަކުގެ އުސޫލުތަކާއި މިންގަނޑުތައް ވީހާވެސް އެއްގޮތްކޮށް، ލުއިފަސޭހަކޮށް، ކަސްޓަމްސްގެ ކޮންޓްރޯލް ހަރުދަނާކުރެވޭނެ ގޮތުގެ މަތިން ވިޔަފާރިއަށް ވީހާވެސް ބޮޑަށް ލުއިފަސޭހަކޮށްދިނުމެވެ.

އޭޝިއާ އެންޑް ޕެސިފިކް ކޮމިޝަން އޮން އެގްރިކަލްޗަރަލް ސްޓެޓިސްޓިކްސް (އެޕްކަސް) ކޮމިޝަން އުފެއްދުމުގެ މަޤްޞަދަކީ އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ޤައުމުތަކުގެ ދަނޑުވެރިކަމުގެ ދާއިރާގެ ތަފާސް ހިސާބުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތް ކުރިޔަށްގެންދަވާ އިސް ފަރާތްތައް އެއްމާހައުލަކުން ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ. މި ގޮތުން މި ސަރަޙައްދުގެ ކާނާއާއި ދަނޑުވެރިކަމުގެ ތަފާސްހިސާބުގެ ޙާލަތު ވަޒަންކުރުމުގެ ގޮތުން ތަފާސް ހިސާބުގެ ނިޒާމު ހަރުދަނާކުރުމަށް ޤައުމުތަކުން ހޯދާފައިވާ ކުރިއެރުންތައް ކަމާބެހޭ ފުޑް އެންޑް އެގްރިކަލްޗަރ އޮގަނައިޒޭޝަން( އެފް.އޭ.އޯ)ގެ ފަންނީ ބޭފުޅުންނާ ޙިއްޞާކުރުމަށް ކޮންމެ ދެ އަހަރަކުން އެއްއަހަރު އެ ކޮމިޝަނުގެ ބައްދަލުވުންތައް ދަނީ ބާއްވަމުންނެވެ.


ކޮންވެންޝަން އޮން އެލިމިނޭޝަން އޮފް އޯލް ފޯމްސް އޮފް ޑިސްކްރިމިނޭޝަން އެގެއިންސްޓް ވިމެން (ސީޑޯ) މުޢާހަދާގެ 16 ވަނަ މާއްދާއަށް ކޮށްފައިވާ ބައެއް އިއުތިރާޟްތައް ނެގުމަށްވެސް މިއަދު ވޭއްވި ވަޒީރުންފެ މަޖިލީހުން ލަފާދެއްވާފައިވެއެވެ. އެގޮތުން ސީޑޯގެ 16ވަނަ މާއްދާގެ 1ގެ (ބީ)،(އީ)، (ޖީ)، (އެޗް) އަދި އެ މާއްދާގެ 2 ވަނަ ނަމްބަރަށް ދިވެހި ދަޢުލަތުން ކޮށްފައިވާ އިޢުތިރާޟު ނެގުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވެއެވެ.

ސީޑޯ މުއާހަދާއިން ނަގަން ނިންމާފައި ވަނީ އޭގެ 16 ވަނަ މާއްދާއަށް ކޮށްފައިވާ ބައެއް އިއުތިރާޒްތަކެވެ. މިއީ ތައުލީމް ހާސިލްކުރުމުގެ އާއި ސިއްހީ ފަރުވާ ހޯދުމުގަ އާއި އާމްދަނީ ހޯދުމުގަ އާއި ސިޔާސި ކަންކަމުގައި ބައިވެރިވުމުގަ އާއި މަދަނީ ހައްގުތަށް ހޯދިނުމުގައި އާއިލާއާ ގުޅުންހުރި އެކި ކަންކަމުގައި އަންހެނުންނަށް ކުރިމަތިވާ އެކި ގޮންޖެހުންތަކާއި އަންހެނުންނަށް ކުރެވޭ ތަފާތުތައް ނައްތާލަން ހަދާފައިވާ މުއާހަދާ އެކެވެ.


Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!