ވަގަށް ނަގާފައިވާ ސައިކަލެއް ދުއްވަނިކޮށް ހައްޔަރުކޮށްފި

ވަގަށް ނަގާފައިވާ ސައިކަލެއް ދުއްވަނިކޮށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ގަލޮޅު ޕޮލިސް އިން މާލެ ތެރެ ޕެޓްރޯލް ކުރަމުން ދަނިކޮށް ސައިކަލްގައި ދިޔަ މީހަކަށް ޝައްކު ކުރެވިގެން ހުއްޓުވައި ބެލި އިރު އޭނާ ދުއްވަން އިން ސައިކަލްއަކީ ވަގަށް ނަގައިގެން ދުއްވާ ސައިކަލެއްކަން އެގިފައިވާ ކަމަށެވެ.

އެގޮތުން މިމައްސަލާގައި 23 އަހަރުގެ ފިރިހެނެއް ހައްޔަރު ކޮށްފައިވާ ކަމަށާއި އެ ސައިކަލް މިހާރުވެރިފަރާތާއި ހަވާލުކޮށްފައިކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!