ޖަލު ހުކުމް އެހެން އަދަބަކަށް ބަދަލުކުރަން މަޝްވަރާ ކުރަނީ

މާފުށީ ޖަލު ފުރިގެން ބައެއް ގައިދީން ފުލުހުންގެ ބަންދުގައި ބައިތިއްބާފައި ތިބި މައްސަލައަށް ހައްލެއް ހޯދުމަށް ޕްރޮސެކިއުޓަރ ޖެނެރައަލް އޮފީހުން އެޓާނީ ޖެނެރަލް އޮފީހާއި، ހޯމް މިނިސްޓްރީއާއެކު މަޝްވަރާތައް ފަށައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ، ޖަލު ހުކުމްތައް އެހެން އަދަބުތަކަށް ބަދަލުކުރެވިދާނެ ހާލަތުގައި އެކަން ކުރުމުގެ އިހްތިޔާރު ގާނޫނުލް އުގޫބާތުން ދަށުންކޯޓަށް ލިބިދީފައިވާ ކަމަށެވެ. އަދި ޖަލުތައް ފުރޭ މައްސަލައަށް މުވައްސަސާތައް ގުޅިގެން ހައްލެއް ހޯދަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަންކަމާ ގުޅޭ ގޮތުން ހޯމް މިނިސްޓްރީއާއި ބަންޑާރަނާއިބުގެ އޮފީހާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް ޝަމީމު ވިދާޅުވިއެވެ.

ގާނޫނުލްއުގޫބާތު ބުނާގޮތުން ޖަލު ހުކުމުގެ އަދަބު ގޭ ބަންދަށް ނުވަތަ ޖޫރިމަނާ އަށް ނުވަތަ މުޖްތަމައަށް ހިދުމަތް ކުރުން ފަދަ އަދަބަކަށް ބަދަލު ކުރެވިދާނެ އެވެ. އަދަބުގެ ބާވަތް ބަދަލު ކުރާ ނަމަ، އެކަން ކުރެވޭނެ މުއްދަތުތަކާއި ޖޫރިމަނާގެ އަދަދުތައް ވެސް ގާނޫނުލްއުގޫބާތުގައި ހިމަނާފައި ވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!