މުޅި ރާއްޖެއަށް އެމްއެންޑީއެފްއިން ޔެލޯ އެލާޓް ނެރެ ހަތިޔާރާއެކު ހަރަކާތްތެރިވާން ފަށައިފި

ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ސިފައިން ހަތިޔާރާއިއެކު ހަރަކާތްތެރިވަމުންދާނެ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްއިން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ގައުމީ ދިފާއީ ބާރުގެ އެލާޓް ސްޓޭޓަސް “ޔެލޯ 2” އަށް މަތިކޮށް، މިރޭ 7:00 އިން ފެށިގެން ގައުމީ ދިފާއީ ބާރުގެ އެލާޓް ސްޓޭޓަސް މަތި ކުރުމާއެކު، އެކި ސަރަހައްދުތަކުގައި ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވަމުންދާނެ އެވެ.

މިގޮތުން ކަނޑުމަތީގެ އުޅަނދުފަހަރު ހުއްޓުވައި ޗެކްކުރަމުން ގެންދެވޭނެއެވެ. މިކަމަކީ ޤައުމުގެ މަސްލަހަތާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވޭ ކަމެއްކަމަށްވުމާއިއެކު ރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުން ލިބޭނެ ކަމަށް ޔަޤީންކުރާ ކަމަށް ވެސް އެމްއެންޑީއެފް އިން ނެރުނު ނޫސްބަޔާނެއްގައި ވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!