ވީއައިއޭއިން އަނެއްކާވެސް އެއާ ޓްރެފިކް ރެކޯޑެއް މުގުރާލައިފި

މިދިޔަ އާދިއްތަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް ޖެއްސި އަދި ފުރި ފްލައިޓުތަކުގެ އަދަދު 239 އަށް އަރާ ކަމަށާއި މިއީ އެއާޕޯޓުގެ ރެކޯޑެއް ކަމަށް ވީއައިއޭ ހިންގާ އެމްއޭސީއެލް އިން ބުނެފިއެވެ.

އެމްއޭސީއެލް އިން އިއްޔެ ބުނީ އާދިއްތަ ދުވަހު 101 އިންޓަނޭޝަނަލް މޫމަންޓްސް އަދި 121 ޑޮމެސްޓިކް މޫމަންޓްސް ވީއައިއޭގައި ރެކޯޑު ކުރެވިފައިވާ ކަމަށެވެ.

މި ދުވަސްވަރަކީ ފަތުރުވެރިކަމުގެ ޕީކް ސީޒަނެވެ. އެއީ ކުރިއަށް އޮތީ ކްރިސްމަސް އަދި އާ އަހަރު ކަމަށްވުމުންނެވެ. މި ދުވަސްތައް ފާހަގަކުރުމަށް ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހު ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަނީ ޒިޔާރަތް ކުރަމުންނެވެ.

މިދިޔަ އާދިއްތަ ދުވަހު ވީއައިއޭ އިން ޓްރެފިކް ރެކޯޑު ހަދާފައިވާއިރު ރަންވޭގެ މަސައްކަތެއް ކުރުމަށް އެދުވަހު ދެފަހަރެއްގެ މަތިން ރަންވޭ ވަނީ ބަންދުވެސް ކޮށްފައެވެ.

  1. މިދިޔަ އާދީއްތަ ދުވަހަކީ ފުލައިޓްތައް ޑިލޭ ވުމުގެ ސަބަބުން ދަތުރުވެރިން އެއާޕޯޓްގައި ގިނަވަގުތު މަޑުކުރަންޖެހުމުގެ ރެކޯޑުވެސް މުގުރާލި ދުވަހެއް

    0
    0

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!