ދަނޑުވެރިކަން ކުރިއެރުވުމަށް މޯލްޑިވްސް އެގްރިކަލްޗަރ ކޯޕަރޭޝަން

ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އުފައްދާ ކުންފުނި އަންނަ އަހަރުގެ ތެރޭ އުފެދިގެންދާނެކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް އެގްރިކަލްޗަރ ކޯޕަރޭޝަންގެ ނަމުގައި އުފައްދާ މި ކުންފުނި ވުޖޫދަށް އައުމުގެ ސަބަބުން ދަނޑުވެރިންނަށް ވަރަށް ބޮޑަށް ލުއިފަސޭހަ ވެގެންދާނެކަމަށާއި އަންނަ އަހަރުގެ ކުރީކޮޅު މޯލްޑިވްސް އެގްރިކަލްޗަރ ކޯޕަރޭޝަން އުފެއްދުމުގެ މަސައްކަތް ނިންމާ، އަންނަ އަހަރުގެ ތެރޭގައި މި ކުންފުނި އުފެދިގެންދާނެކަމަށް ދަނޑުވެރިކަމާބެހޭ ވުޒާރާއިން ބުނެއެވެ.

އަދި މި ކޯޕަރޭޝަން އުފައްދަނީ އެއްވެސް ހާލަތެއްގައި ތަކެތި ވިއްކާ ފަރާތްތަކާއި ވާދަކުރުމުގެ ބޭނުމުގައި ނޫންކަމަށާއި އޭގެ ބަދަލުގައި މި ކޯޕަރޭޝަން މެދުވެރިކޮށް ދަނޑުވެރިންނަށް އެހީތެރިކަން ލިބިގެންދާނެކަމަށް އެ ވުޒާރާއިން ބުނެއެވެ.

މި ކޯޕަރޭޝަން އުފެދުމުން ދަނޑުވެރިން އުފައްދާ ތަކެތި ވިއްކުމުގައާއި، ދަނޑުވެރިކަމަށް ބޭނުންވާ ގަސްކާނާއާއި ބޭސް ހެޔޮއަގުގައި ފޯރުކޮށްދިނުމަށް މި ކުންފުނިން އެހީތެރިވެދޭނެކަމަށް ވެސް އެ ވުޒާރާއިން ބުނެއެވެ.

ދަނޑުވެރިކަމުގެ ކުންފުންޏެއް އުފެއްދުމަކީ ސަރުކާރުގެ ޕޮލިސީތަކުގެ ތެރޭގައި ހިމެނޭ މުހިންމުކަމެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!