ގާސިމްގެ މަރުގައި އެހެން ބައެއްގެ ބައިވެރިވުމެއް ނެތް ކަމަށް ފުލުހުން ބުނެފި

ތޫނު އެއްޗަކުން ހަމަލާދީ ޓެކްސީ ޑްރައިވަރު، ގާސިމް ހަސަން މަރާލާފައިވަނީ އެ މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވާ އަދުހަމް މުހައްމަދު ކަމަށާ އެ މަރުގައި އެހެން ބައެއްގެ ބައިވެރިވުމެއް ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

ގާސިމް ހަސަންގެ މަރާ ގުޅޭ މައުލޫމާތު ހާމަކުރުމަށް އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ފުލުހުން ބުނީ އުމުރުން 21 އަހަރުގެ އަދްހަމް މުހައްމަދަކީ ވައްކަމާ، މަސްތުވާތަކެއްޗާ، ފޭރުގެ ރެކޯޑްސް އޮތް މީހެއް ކަމަށެވެ.

އޭނާ ގާސިމް ހަސަން މަރާލި ގޮތް ތަހުގީގާއި، ކޯޓްގައިވެސް ކިޔައިދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

“ގާސިމް ހަސަންގެ މަރާ ގުޅޭގޮތުން އިތުރު މީހެއްގެ ބައިވެރިވުމެއް ނެތްކަން ފާހަގަކުރަން.” ޓެކްސީ ޑްރައިވަރު ގާސިމް ހަސަނަށް ހަމަލާ ދިނީ އޭނާގެ އަތުން ފޭރެން އުޅެމުގެ ތެރެއިން ކަމަށް ފުލުހުން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!