މާލެ އަތޮޅުން ސަފާރީތައް ބަނދަރުކުރުމަށް ދިޔަނެރު 2 ކަނޑައަޅައިފި

ސަފާރީތައް ބަނދަރުކުރުމަށް މާލެ އަތޮޅުން ފަޅެއް ކަނޑައަޅައިފިއެވެ.

މޯލްޑިވްސް ބޯޓިންގ އެވޯޑްސް ހަފްލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހިދު ވިދާޅުވީ ސަފާރީތައް ބަނދަރުކުރުމަށް ފަޅެއް ހޯދުމަށް ސަރުކާރުންވެފައިވާ ވަޢުދާއި އެއްގޮތަށް ކ އަތޮޅުން މާލެއާއި 8 ކިލޯމީޓަރު ދުރުން ފަޅެއް ކަނޑައަޅާފައިވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މާލެ އަތޮޅު ދިޔަނެރު ފަޅާއި ޖެހިގެން އޮތް “ދިޔަނެރު 2” ފަޅު ސަފާރީތައް ބަނދަރުކުރުމަށް އަންނަ އަހަރު ތަރައްޤީކުރާނެކަމަށެވެ. އަދި އަންނަ އަހަރު ފަތުރުވެރިކަމާއި ބެހޭ 20 ޤަވައިދަކަށް އިސްލާޙުގެނެވޭއިރު ސަފާރީތަކާއި ބެހޭ ބައެއް ޤަވައިދުތަކަށް ވެސް އިސްލާޙުގެންނާނެކަމަށް ވިދާޅުވެފައެވެ. އަދި މި ޤަވައިދުތަކަށް ބަދަލު ގެނެވޭއިރު މިކަމަށް އިންޑަސްޓްރީގެ ހުރިހާ ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާކަމަށް ވެސް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

ރާއްޖޭގެ ބޯޓިންގ އިންޑަސްޓްރީ ފުޅާވެ ބޮޑެތި ކުރިއެރުން ހޯދާފައިވާއިރު މި އުޅަނދުތައް ބަނދަރުކުރާނެ އެކަށޭނަ ފަޅެއް ނެތުމަކީ މިދާއިރާގައި އުޅޭ ފަރާތްތަކުން ގިނަ އަހަރުތަކެއް ވަންދެން ކުރަމުން އަންނަ ޝަކުވާއެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!