އައިޖީއެމްއެޗުގެ ހަމުގެ ޑޮކްޓަރު އާދިލް އަވަހާރަވެއްޖެ

އައިޖީއެމްއެޗްގެ ހަމުގެ ޑޮކްޓަރު ޑރ. މުހައްމަދު އާދިލް ރަޝީދު އަވަހާރަވެއްޖެ އެވެ.

ޑރ. އާދިލް އަވަހާރަވެފައި ވަނީ ދިމާވި ސިއްޙީ ހާލަތަކާއި ގުޅިގެން ލަންކާގެ ކޮލަމްބޯގައި ފަރުވާދެމުން ދަނިކޮށެވެ.

ޑރ. އާދިލް ވަނީ ރާއްޖޭގެ ސިއްހީ ދާއިރާއަށް 22 އަހަރު ހިދުމަތްކުރައްވައިފަ އެވެ.

ޑރ.އާދިލް އަވަހާރަވުމާއި ގުޅިގެން އައިޖީއެމްއެޗް އިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ ޑރ.އާދިލަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް 22 އަހަރުގެ ދިގު މުއްދަތެއްގައި އަގުހުރި ގިނަ ހިދުމަތްތަކެއް އިހްލާސްތެރިކަމާއި އެކު ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށް ވިދާޅުވެފައިވެއެވެ.

“ޑރ.އާދިލް މިދުނިޔެ ދޫކުރެއްވުމަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ހީނަރުކަމެކެވެ.” ބަޔާނުގައި ވެއެވެ.

އައިޖީއެމްއެޗް އިން ވިދާޅުވީ އެހޮސްޕިޓަލްގެ ހުރިހާ މުވައްޒަފުންގެ ފަރާތުން އަލްމަރުހޫމް ޑރ.އާދިމްގެ އާއިލާއަށް ތައުޒިޔާ ދަންނަވައި އެ މަރްހޫމްގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިއުމަތްދެއްވުމަށް އެދި މާތްﷲ ހަޟްރަތުގައި ދުއާކުރާކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!