މީޑިއާއާ ބައްދަލުކުރަނީ ކަމަށް ބުނެ ޕާކިސްތާނުގެ އޮފިޝަލުން ޕީޕީއެމްގެ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅުންނާ ބައްދަލުކޮށްފި

އިސްލާމްއާބާދް ޕޮލިސީ ރިސާޗް އިންސްޓިޓިއުޓުން ރާއްޖޭގެ މީޑީއާ ޓީމަކާއި ބައްދަލުކޮށްފި އެވެ. އެހެން ނަމަވެސް މީޑިއާ ޓީމްގައި ހިމެނިވަޑައިގަންނަވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެކި ސިޔާސީ މަޤާމުތައް ފުރުއްވާފައިވާ ބޭފުޅުންނާއި، ޕީޕީއެމްގެ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅުންނެވެ.


ރާއްޖޭގެ މީޑިއާ ޓީމެއް ޕާކިސްތާނަށް ގޮސްފައިވަނީ، ޕާކިސްތާނުގެ މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ބްރޮޑްކާސްޓިން، ނޭޝަނަލް ހިސްޓަރީ އެންޑް ލިޓެރަރީ ހެރިޓޭޖްގެ ދައުވަތަކަށެވެ. ރާއްޖެއިން މީޑިއާ ޓީމްގައި ހިމެނިވަޑައިގަންނަވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ސިޔާސީ މަޤާމުތަކެއް ފުރުއްވާފައިވާ އަދި ޕީޕީއެމްގެ ކައުންސިލް މެމްބަރު އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ) އާއި ދާދި ފަހުން ޕީޕީއެމާއި ގުޅިވަޑައިގެންނެވި ފާރޫޤް މުހައްމަދު ހަސަންގެ އިތުރުން އަބްދުއްޝުކޫރް އަބްދުއްރަހީމް އެވެ.

އިސްލާމްއާބާދް ޕޮލިސީ ރިސާޗް އިންސްޓިޓިއުޓްގެ ފަރާތުން ރާއްޖޭގެ މި މީޑިއާ ޓީމާއި ބައްދަލުކޮށްފައިވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ. އަދި މި ބައްދަލުކުރެއްވުމުގައި އިސްލާމްއާބާދް ޕޮލިސީ ރިސާޗް އިންސްޓިޓިއުޓްގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންފައި ވަނީ އެ އިންސްޓިޓިއުޓްގެ އެމްބެސެޑަރުގެ މަޤާމުގައި ހުރި ޕާކިސްތާނު ސިފައިންގެ ކުރީގެ އިސްވެރިޔެއް ކަމަށްވާ ޚާން ހަޝަމް ބިން ސިއްދީޤެވެ.

މި ބައްދަލުކުރެއްވުމުގައި ޚާން ހަޝަމް ބިން ސިއްދީޤު ދެއްކި ވާހަކައިގައި އިންޑިއާގެ ސަރުކާރަށް ނުހަނު ބޮޑަށް ފާޑުވިދާޅުވެފައި ވެއެވެ.

މި ބައްދަލުވުމުގައި ދިވެހި މީޑިއާގެ ގޮތުގައި ބައިވެރިވި ސިޔާސީ ފަރާތްތަކުން ރާއްޖޭގެ ސަރުކާރު ސިފަކޮށްފައި ވަނީ އިންޑިއާގެ ސަޕޯޓާއި އެކު އައިސްފައިވާ ވެރިކަމެއްގެ ގޮތުގައެވެ. އަދި އިންޑިއާގެ ނުފޫޒު ރާއްޖޭގައި ބޮޑުވެފައިވާ ކަމަށާއި، ރާއްޖޭގެ ކަންކަމުގައި ޕާކިސްތާނުގެ ސަރުކާރުން އިސް ދައުރެއް އަދާ ކުރުމަށް އެދިފައި ވެއެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި މި ދެފަރާތުން ވަނީ، ރާއްޖޭގެ ސަރުކާރާއި އެކު މަޝްވަރާ ކުރަން ޖެހޭ ބައެއް ކަންކަމުގައި މަޝްވަރާ ވެސް ކޮށްފަ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!