ގްރޫޕް މާރާމާރީއެއްގައި ތިން މީހަކު ޒަޚަމްވެއްޖެ

އައްޑޫ ހިތަދޫގައި ރޭ ދަންވަރު ހިނގި މާރާމާރީއެއްގައި ތިން މީހަކު ޒަޚަމްކޮށްލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހިތަދޫ ފަތާ ޓްރެކް ސަރަހައްދު ކައިރީ ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި ޒުވާބެއް ހޫނުވެ ހިނގި މިމާރާމާރީގައި އަނިޔާވި ތިން މީހުންގެ ތެރެއިން އެކެއްގެ ބޯ ފަޅައިގެން ގޮސް އެކިވަރުގެ އަނިޔާތަކެއް ލިބިފައިވެއެވެ.

އެމީހުންނަށް މިހާރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާއިރު، އޭގެތެރެއިން އެކަކު އިތުރު ފަރުވާއަށް މާލެއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަޢޫލޫމާތު ލިބެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!