ބެންކޮކްގައި ދިވެހިންތަކެއް ދަތުރުކުރި ކާރެއް އެކްސިޑެންޓްވެ، އެކަކު އައިސީޔޫގައި

ތައިލޭންޑްގެ ވެރިރަށް ބެންކޮކްގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ތިން ދިވެއްސަކަށް އަނިޔާވެ އޭގެ ތެރެއިން އެކަކު ހާލު ދެރަވެ އައިސީޔޫގައި ފަރުވާ ދެމުން އެބަ ދެއެވެ.

މިހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު ބެންކޮކް ގަޑިން 3:30 އެހާކަށް ހާއިރެވެ. މި އެކްސިޑެންޓު ހިނގާފައިވަނީ ކާރު ފުރޮޅާލައިގެން ކަމަށް މައުލޫމާތު ލިބެއެވެ.

ޚަބަރު ލިބޭ ގޮތުގައި ކާރު ދުއްވަން ހުރި ޑްރައިވަރަށް ނިދި ޖެހި، ކޮންކްރީޓް ގަނޑަކަށް އަރައި ކާރު ފުރޮޅާލީއެވެ. ބެންކޮކް ފުލުހުން ވަނީ ކާރު ދުއްވަން އިން ޑްރައިވަރު ހައްޔަރު ކޮށްފައެވެ.

އައިސީޔޫގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ އަހުމަދު ސައީދު ކިޔާ މީހަކަށެވެ.

ތައިލެންޑްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އިން ކުރި ޓްވީޓެއްގައި ވިދާޅުވީ އެކްސިޑެންޓްގައި އަނިޔާވި ދިވެހިންގެ އާއިލާތަކަކަށް އެމްބަސީ އިން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!